March 16, 2026
Advertisement
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ / ސޯޝަލް މީޑިއާ

އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓަށް މާލޭގައި 7 ވޯޓު ފޮށި ބަހައްޓަަނީ

Yana Shareef
ޔާނާ ޝަރީފް
Oct 10, 2025, 05:49 PM

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓަށް މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން ފެންނަ ގޮތެއް ބަލަން ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.

ޒާހިދު ވިދާޅުވި ގޮތުގައި އެ ވޯޓުގައި ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރާނެ އެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭ ތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭ ތޯ ކުރާ ސުވާލެވެ.

މިފަހުން ހެދި ރިފަރެންޑަމް ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ޒާހިދު ވިދާޅުވި ގޮތުގައި މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އަދި ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ އެވެ.

ޒާހިދު ވިދާޅުވީ ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން އިންތިހާބުތަކުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސައިދިނަސް މި އިންތިހާބުގައި އެ އިންތިޒާމު ހަމަނުޖައްސާނެ ކަމަށެެވެ. ރީރަޖިސްޓްރީކުރަން ފުރުސަތު ދިނަސް އެ ފުރުސަތު އޮންނާނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެެރެއިން ރަށެއްގައި ރަޖިސްޓްރީވުމަށް ކަމަށް ޒާހިދު ވިދާޅުވި އެވެ.

ވޯޓު ފޮށި ބަހައްޓާ ތަންތަނާއި އަދަދަށް ބަލާއިރު، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި، މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި، މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި އަދި މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved