February 21, 2026
Advertisement
ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު
ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު / ރައްޔިތުންގެ މަޖިލިސް

ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 21, 2026, 05:18 PM
މާލެ ސިޓީ

ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

Advertisement

ޒިޔާދު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޒިޔާދު ތުހުމަތު ކުރެއްވި ގޮތުގައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ސިއްރު ބައްދަވުންތައް ބާއްވަވަމުންނެވެ. އެހެންކަމުން އެ ކޮމިޝަންގެ އިންޓަރގިރިޓީއާ މެދު ސުވާލު އުފައްދާ ޒިޔާދު ވިދާޅުވީ، ޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން އަމަލު ކުރާ ގޮތް ކަމުނުދާ ކަމަށެވެ.

އެގޮތުން ޒިޔާދު ވަނީ، ކަމާއި ގުޅޭގޮތުން ރަގަޅު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ނުދޭ ކަމަށާއި، ރައްޔިތުން ގާތުގައި އަހާ ސުވާލު ވެސް ސާފުކޮށް ނުދޭ ކަމަށް ތުހުމަތު ކުރައްވާ ރެފަރެންޑަމް ވޯޓާ ގުޅޭގޮތުން ގިނަ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދޭން އޭނާ ބޭނުންވާ ކަމަށާއި، ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ޒިޔާދު ވިދާޅުވީ މިއަދު ސަރުކާރުން ގިނަ މީޑިއާތަކަށް ފައިސާ ދެމުންދާތީ އެ މީޑިއާތަކުން ވެސް ވާނުވާ ރައްޔިތުންނަށް އޮޅުންފިލުވައި ނުދޭ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓުގައި އެކަމަށް ނޫނެކޭ ބުނަންޖެހޭކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، އީސީގެ ރައީސް ޒާހިދު، ރައީސް މުއިއްޒާއެކު ސިއްރު ބައްދަލުވުންތައް ބާއްވަވާއިރު ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ސަހަލު ގޮތަކަށް ނުދާނެ ކަމަށާއި، ރައްޔިތުން އެވަރު ވިސްނަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިޚާބުގައި ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިއްރު އެޖެންޑާއެއްގެ ދަށުން ކަމަށްވެސް ޒިޔާދު ތުހުމަތު ކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved