March 14, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އިންތިހާބުގައި އޮބްޒާވަރުންނަށް ވުމަށް ދިން މުއްދަތު އިތުރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Mar 14, 2026, 01:39 PM

އަންނަ މަހުގެ 4 ގައި އޮންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

Advertisement

 

އީސީން ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ނިންމީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައި ވާތީ ކަމަށެވެ. އެހެންވެ، މާދަމާރޭ މެންދަމު 12:00 ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުންޏެެވެ. 

އީސީން ބުނި ގޮތުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންކަން އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކަށް ފާސް ދޫކުރާނީ، އެއިން ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަަހައްޓާ ވޯޓު ފޮށީގެ އަދަދަށް ވުރެ 10 ޕަސެންޓް އިތުރުނުވާ ގޮތަށެވެ. 

ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން ވެސް އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ އޮބްޒާވަރަކަށް ކަމަށް އީސީން ބުންޏެެވެ.

އެ ދެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ވެސް އަންނަ މަހުގެ 4 ގައި ނަގާނެ އެވެ. 

އީސީން ކުރިން އާންމުކޮށްފައިވާ ގޮތުގައި އެ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved