March 11, 2026
Advertisement
ވޯޓުލެވޭ ފައިނަލް ލިސްޓު އިއުލާންކޮށްފި
ވޯޓުލެވޭ ފައިނަލް ލިސްޓު އިއުލާންކޮށްފި / ސޯޝަލް މީޑިއާ

ވޯޓުލެވޭ ފައިނަލް ލިސްޓު އިއުލާންކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2026, 04:24 PM
މާލެ ސިޓީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

Advertisement

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައާއި އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.

މި ލިސްޓަކީ ޝަކުވާ ހުށަހެޅުމުގެ މުއްދަތަށްފަހު، ގެންނަންޖެހޭ އިސްލާހުތައް ގެނެސް ފައިނަލް ކުރެވިފައިވާ ލިސްޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބުގެ ކަންކަން އަމާންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ރައްޔިތަކުވެސް ލިސްޓުގައި އެމީހެއްގެ މައުލޫމާތު އޮތީ ރަނގަޅަށްތޯ ޗެކްކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ލިސްޓްގައިވާ ގޮތުން ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. ވަކިވަކި ފޮށިތަކަށް ވޯޓްލެވޭނެ މީހުންގެ އެ ލިސްޓްގައި އާންމުކޮށްފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ވިދާޅުވެފައިވަނީ ވޯޓުލުމަށް މާލެ ސަރަހައްދުގައި 190 އަށް ވުރެ ގިނަ މަރުކަޒު ހުންނާނެ ކަމަށެވެ. އެއީ މާލޭގައި 132 މަރުކަޒާއި ހުޅުމާލޭ ފޭސް އެކެއްގައި 34 މަރުކަޒާއި ހުޅުމާލޭ ފޭސް ދޭއްގައި 18 މަރުކަޒުގެ އިތުރުން ވިލިމާލޭގައި ނުވަ މަރުކަޒެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved