March 23, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

ހަނގުރާމަ ބޯމަތިވެފައި އޮތްވާ ތާލިބާނުން މޯދީއާއި ގުޅުން ބަދަހިކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 05:23 PM
މާލެ ސިޓީ

ހަނގުރާމަ ބޯމަތިވެފައި އޮތްވާ ތާލިބާނުން މޯދީއާއި ގުޅުން ބަދަހިކޮށް ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

Advertisement

މިގޮތުން އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ އިންޑިޔާގެ އެންބަސީ އަލުން ހުޅުވުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.

މި ނިންމުން ނިންމާފައި ވަނީ އަފްޣާނިސްތާނުގެ ޠާލިބާން ޚާރިޖީ ވަޒީރު، އަމީރު ޚާން މުއްތަޤީ އިންޑިޔާއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ.

ކާބުލްގައި ހުރި އިންޑިޔާގެ އެންބަސީ ބަންދުކޮށްފައި ވަނީ 2021ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާނުން ޙަވާލުވުމުންނެވެ. އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އިންޑިޔާއަށް ކުރަމުންދާ ދަތުރަކީ 2021ވަނަ އަހަރުގެ ފަހުން އެ ޤައުމުގެ އިސްވެރިއަކު އިންޑިޔާއަށް މި ފަދަ ދަތުރެއް ކުރާ ފުރަތަމަ ފަހަރެވެ.

މި ދަތުރުގައި ތާލިބާންގެ ޚާރިޖީ ވަޒީރު ވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރު، ސުބްރަމާންޔަމް ޖައިޝަންކަރާ ބައްދަލުކޮށް އިހު އޮތް ފަދަ ގާތް ގުޅުމެއް ގާއިމުކުރުމަށް މަޝްވަރާތައްކޮށްފައެވެ.

އިންޑިޔާއާއި އަފްޣާނިސްތާނާ ގުޅުން ބަދަހިކުރަމުން ދަނީ ދެ ޤައުމާއި، ދެ ޤައުމުގެ ވެސް އަވަށްޓެރި ޕާކިސްތާނާ އޮންނަ ގުޅުން ގޯސްވެފައި ވަނިކޮށްކަން ފާހަގަކުރެވެއެވެ. އަދި ޗައިނާއާއި ސައުދީގެ ނުފޫޒު އިތުރު ކުރުމަށް ޕާކިސްތާނުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ތާލިބާން ސަރުކާރާއި މޯދީ ސަރުކާރުން ބައްދަލުކުރުމަކީ ޕާކިސްތާނާއި ދެކޮޅަށް ރޭވުންތައް ރާވާ، ޕާކިސްތާނުން މިހާރު ނަގަމުން އަންނަ ޚާރިޖީ ސިޔާސަތުތަކަށް ޖެހިލުންވެ ހަނގުރާމައަކަށް އިންޑިއާއިން ތައްޔާރުވަމުން އަންނަކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ތުހުމަތުކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved