theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝާހު / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒަށް މިހާރު މަގުމަތީގައި އުޅޭ ބުޅާތައްވެސް އިހުތިރާމު ނުކުރާނެ: ޝާހު
Mariyam Isaadha
މަރިޔަމް އިސާދާ
11 އޮކްޓޯބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަށް މިހާރު މަގުމަތީގައި އުޅޭ ބުޅާތައްވެސް އިހުތިރާމު ނުކުރާނެ ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިފަދައިން ވިދާޅުވީ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.


ޝާހު ވަނީ ރައީސް މުއިއްޒު ތައާރަފްކުރެއްވި ކަމަށް ސަރުކާރުން ބުނާ "އިހުތިރާމް" ކެމްޕެއިނަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޝާހު ވިދާޅުވީ، ރައީސް މުއިއްޒަށް ރައްޔިތުން ކުރަމުން އައި އިހުތިރމު ގެއްލުވާލީ އެމަނިކުފާނު އަމިއްލައަށް ކަމަށާ އެގޮތުން ވެރިކަމަށް ވަޑައިގެން ހާމަކަން ބޮޑުގޮތެއްގައި ދޮގު ހަދާ ހދާ ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާ އިހުތިރާމުވެސް ގެއްލުވާލެއްވީ ކަމަށެވެ.

ޝާހު ވިދާޅުވީ ކިތަންމެ ވަރަކަށް އެކި ނަންނަމުގައި ކެމްޕެއިންތައް ފެށި ނަމަވެސް ރައީސް މުއިއްޒަށް އިހުތިރާމު ކުރާނެ ބަޔަކު ނުވާނެ ކަމަށާ މިވަގުތު އަރިހުގައި ތިބީ ވެސް އަމިއްލަ ކޮންމެ ވެސް އެދުމެއް އޮވެގެން ތިބި މީހުން ކަމަށާ އެއިން މީހެއްގެ ވެްސ އިހުތިރާމުވެސް ނުލިބޭނެ ކަމަށް ވިދާޅުވެ ޝާހު ވިދާޅުވީ މިހާރު މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ އިހުތިރާމުވެސް ނުލިބޭނެހާ މިންވަރަށް ރައީސް މުއިއްޒުގެ މަގްބޫލުކަން ގެއްލިފައި ކަމަށެވެ.

ޝާހު މިފަދައިން ވިދާޅުވެފައިވާއިރުމ "އިހުތިރާމު" ކެމްޕެއިންގެ ހަގީގަތްވެސް މި ސަރުކާރުން ވަނީ އޮޅުވާލާފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން "އިހުތިރާމު" ކެމްޕެއިންނަކީ ގައުމީ ބޮޑު ހަރަކާތެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައްޓާފައިވާ ކެމްޕެއިނެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved