theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތުރުކީ އެފްއޭ
ދުނިޔެ
އިރާޤަށްވީ ގޮތުން އިބްރަތް ހޯދުމަށް ބުނެ ތުރުކީ އަށް ނަތަންޔާހޫ އިންޒާރުދީފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
11 އޮކްޓޯބަރު 2025
މާލެ ސިޓީ

އިރާޤުގެ ލީޑަރު "ސައްދާމް ހުސައިން" އަށް ވީ ގޮތުން އިބްރަތް ހޯދުމަށް ބުނެ ތުރުކީ އަށް ސަހްޔޫނީންގެ ބޮޑު ވަޒީރު ނަތަންޔާހޫ އިންޒާރުދީފިއެވެ.

ނަތަންޔާހޫ މިފަދައިން ބުނެ ބަޔާން ނެރެފައިވާތީ ތުރުކީ އާއި ސަހްޔޫނީންނާއި ދެމެދު ވަނީ ޚާރިޖީ ނުތަނަވަސްކަމެއް އުފެދިފައެވެ. އިރާޤުގެ "ސައްދާމަށް ދިމާވި ކަންތައްތައް ހަނދާން ކުރަން ޖެހޭ" ކަމަށް ނަތަންޔާހޫ ބުނި މައްސަލަ ތުރުކީއިން ވަނީ ކުށްވެރިކޮށް އެފަދައިން ނުބުނެވޭނެ ކަމަށް ގޮވާލާފައެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ މި ބަޔާނަކީ ސަހްޔޫނީންގެ "އުދުވާނީ ވިސްނުމާއި" ފަލަސްތީނުގެ ހައްގުގައި ވާހަކަ ދައްކާ ގައުމުތައް ހިމޭން ކުރުމަށް ނެރެފައިވާ ބަޔާނެއް ކަމަށެވެ. ސަހްޔޫނީ ސަރުކާރާ ހިލާފަށް ތުރުކީ ތެދުވަނީ އިންސާފާއި ސުލްހައަށް ކަމަށް ތުރުކީ އޮފިޝަލެއް ފާހަގަކުރެއްވި އެވެ.

ތުރުކީ އަށް އަދި އެ ގައުމުގެ ލީޑަރަށް ބިރުދެއްކުމުގެ ބާރެއް އެއްވެސް މީހަކަށް ނެތް ކަމަށާއި ސަހްޔޫނީން ޕްރެޝަރު ކުރި ނަމަވެސް ފަލަސްތީނަށް އެގައުމުގެ ތާއީދު ވަރުގަދަކޮށް ދެމިއޮންނާނެ ކަމަށް ތުރުކީން ބުނެއެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި ތުރުކީއަކީ ސަހްޔޫނީން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ ދިފާއުގައި އެންމެ ބާރަށް އަޑުއުފުލި އެއް އަޑު ކަމަށާއި އެއީ އިންސާނީ ނަސްލެއް ނައްތާލުން ކަމަށް ބުނެ ބައިނަލްއަގްވާމީ ފިޔަވަޅުތަކެއް އަޅަން ޑިމާންޑް ކުރަމުން އަންނަ ގައުމުކަމަށް ތުރުކީއިން ބުނެއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ސަހްޔޫނީން އިންސާނީ ނަސްލު ނައްތާލުމަށް ހަނގުރާމަ ކުރާ ކަމުގެ ތުހުމަތު ކުރައްވައި، އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ސަހްޔޫނީންގެ ކުންފުނިތަކަށް ވިޔަފާރި އާއި ވައިގެ ސަރަހައްދުގައި ވަދެވޭނެ ގޮތް މެދުކަނޑާލާފައެވެ. ތުރުކީގެ ރައްޔިތުން ވަނީ ފަލަސްތީނަށް ތާއީދުކުރާ ބޮޑެތި މުޒާހަރާތަކެއް ވެސް ބާއްވައި، ޣައްޒާއާ އެކު އެމީހުންގެ އެއްބައިވަންތަކަން ދައްކައިފަ އެވެ.

އަދި ވަރުގަދަ އަސްކަރީ އަދި ފަޚުރުވެރި ތާރީހެއް އޮތް ގައުމަކަށް އިންޒާރު ދިނަސް ފަހަތަށް ނުޖެހޭނެ ކަމަށް ތުރުކީ އިން ވަނީ ސަހްޔޫނީންނަށް ހަނދާންކޮށްދީފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved