March 23, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

އިނގިރޭސިވިލާތުން އިންޑިއާ ރައްޔިތުންނަށް އިތުރަށް ވޯކް ވިސާ ދޭން ދެކޮޅު ހަދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 11:20 PM
މާލެ ސިޓީ

އިންޑިއާގެ ރައްޔިތުންނަށް އިތުރު ވޯކް ވިސާ އިނގިރޭސިވިލާތުން ދޫނުކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަން ވިދާޅުވެއްޖެއެވެ.

Advertisement

މި ނިންމުން ނިންމާފައިވަނީ އިންޑިއާގެ ގިނަ މީހުން ރަނގަޅު ވަޒީފާތަކަށް އެ ގައުމުން ބޭރަށް ބަދަލުވާން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ. ބޮޑުވަޒީރު ސްޓާމަން ސާފުކޮށް ވިދާޅުވެފައި ވަނީ އެގައުމުން ފުރަތަމަ އަހައްމިއްޔަތުކަން ދޭން ބޭނުންވަނީ އެގައުމުގެ ރައްޔިތުންނަށް ކަމަށެވެ.

މި ކަމާއި ގުޅިގެން އިނގިރޭސިވިލާތުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ އުއްމީދުގައި ތިބި ގިނަ އިންޑިއާ ރައްޔިތުންގެ މެދުގައި ވަނީ މާޔޫސް ކަމާއި ކަންބޮޑުވުން އުފެދިފައިވާ ކަމަށް އެ ގައުމުގެ ރިޕޯޓްތަކުން ބުނެފައިވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ އަކީ ދުނިޔޭގެ ވަރުގަދަ ބާރެއްގެ ގޮތުގައި އެ ގައުމުން ދައުވާ ކުރި ނަމަވެސް އެހެން ގައުމުތަކުން އިންޑިއާއަށް އެހީގެ ދޮރުތައް ބަންދުވަމުންދާ ކަމަށެވެ. މިފަދަ ނިންމުން ތަކުން ދޭހަވެގެން ދަނީ އެހެން ގައުމުތަކުން އިންޑިއާއަށް ހާއްސަކަމެއް ނުދޭކަން ކަމަށްވެސް މި ފަރާތްތަކުން ފާހަގަކުރެއެވެ.

ގައުމުތަކުގެ އޮބްޒާވަރުން ބުނާ ގޮތުގައި މި ފިޔަވަޅަކީ އިންޑިއާއިން ދުނިޔޭގެ ނުފޫޒު އޮތް ކަމަށް ބުނާ ވާހަކަތައް ސީރިއަސްކޮށް އެހެން ގައުމުތަކުން ނުނަގާކަން ހާމަވާ ފިޔަވަޅެކެވެ. އެތައް ޑީލްތަކަކާއި ވައުދުތަކަކަށްފަހުވެސް އިންޑިއާއިން ދަނީ އެ ގައުމުން ބޭރުގައި ތިބި ރައްޔިތުންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް ދަތިތަކާއި ކުރިމަތިލަމުންނެވެ. މޯދީ ސަރުކާރުން ކެމެރާ ކުރިމަތީގައި ފަޚުރުވެރިކަމާއެކު ވާހަކަ ދައްކާއިރު، ހަގީގަތަކީ އެހެން ގައުމުތަކުން މިހާރު އިންޑިއާއަށް ހަރުކަށި ހައްދުތަކެއް އަޅަމުންދާ ކަމެވެ.

އަދި އިންޑިއާގެ ގިނަ ހުނަރުވެރި މަސައްކަތްތެރިން ރަނގަޅު ދިރިއުޅުމަކަށް ބޭރު ގައުމުތަކަށް ބަރޯސާވެފައިވަނީ އިންޑިއާގައި ވަޒީފާގެ ފެންވަރާއި އުޖޫރަ ދަށްކަމުން ކަމަށް ވެސް މީހުން ފާހަގަކުރެ އެވެ. އިނގިރޭސިވިލާތުގެ މި ނިންމުމުގައި ފާހަގަކޮށްލެވެނީ މަސައްކަތްތެރިން ބަލައިގަތުމަށް ބޭރު ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި ގައުމުގެ އެތެރޭގެ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ ސަރުކާރަށް ޕްރެޝަރ ކުރަމުންދާކެމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved