

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވަނިކޮށް، އެމްޑީޕީގެ ޔޫތުވިންގް މެންބަރު އާއިޝަތު ޝިމަން އަހްމަދުގެ ފޯނުން ފޮޓޯއެއް ލީކްކުރި ކަމަށް ކުރެވޭ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލެއް ގާއިމްކުރެވިފައިވާ ކަމަށެވެ.
އެ އުސޫލުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ ތަހުގީގުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލް ކަމާއި ގާނޫނީ ހަމަތަކުގެ މަތިން ހެކީންގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ.
ކޯޓް އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ ރައީސް މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުގަ އެވެ.