March 17, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / އަދަދު

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ: އެކުގައި ގައުމު ހަމަ މަގަށް އަޅުވަން ބައިވެރިވެލައްވާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 12, 2025, 07:15 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޕާޓީން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ މިރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.

ދިވެހި ސަރުކާރު ޒިންމާދާރުކޮށް ހަމަ މަގަށް އެޅުވުމަކީ މިއަދު ދިވެހި ކޮންމެ ރައްޔިތެއްވެސް ކުރަން ޖެހިފައިވާ ގައުމީ ބޮޑު މަސައްކަތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved