March 12, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / މިހާރު

ކަނޑުތަކާއި ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 13, 2025, 07:07 PM
މާލެ ސިޓީ

ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހަައްދަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

Advertisement

މެޓް އިން ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ގޮސް އައްޑޫ ސިޓިއަށެވެ. އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ސަމާލުގެ މުއްދަތުގެ ހަމާވާނީ މެންދުރު ފަހު 15:00 އަށެވެ.

މެޓް އިން މިއަދުވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

މެޓް އިން އިއްޔެ ވިދާޅުވެފައިވާގޮތުގައި ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފައެވެ. މިއާއެކު ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެއެވެ.

މެޓް އިން ވިދާޅުވީ، ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ، ސަރަަހައްދަށް، ވަރި ބާރުވުމާއެކު ކަނޑުތައްގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން އެންމެން އަދި ހާއްސަކޮށް ދަތުރުވެރިން، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށް މެޓް އިން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved