March 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މެދު ރާއްޖެތެރެއާއި ދެނުކަށް ހުދު ސަމާލު ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 27, 2025, 05:58 PM
މާލެ ސިޓީ

ވައިގަދަވެ ވިއްސާރަވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއާއި ދެނުކަށް ހުދު ސަމާލު ނެރެފިއެވެ.

Advertisement

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ، ކ އަތޮޅުން ގދ އަތޮޅަށެވެ.

އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 9:00 މެނދުރު 14:00 އަށެވެ.

މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތީ ވިއްސާރަ ދުވަސްވަރަކަށް ވުމާއިއެކު މޫސުމަށް ރައްކާތެރިވުމަށް މެޓުން އިލްތިމާސްކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved