March 10, 2026
Advertisement
ރާއްޖެއަށް ދުންފުހުގެ އަސަރުދަނީ ކުރަމުން
ރާއްޖެއަށް ދުންފުހުގެ އަސަރުދަނީ ކުރަމުން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ކުރިއަށް އޮތް 5 ދުވަހު ވައި ނުސާފު!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 20, 2026, 02:32 AM
މާލެ ސިޓީ

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭއަށް ވައި ނުސާފުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.

Advertisement

ވައިގެ ކޮލިޓީ ބަލާ އައިކިއުއެއާއިން ދައްކާ ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފުވާނެއެވެ. އެގޮތުން މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 111 ގައެވެ. މިއީ ނުރައްކަލުގެ އޮރެންޖު ސަމާލެވެ. މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައެވެ. އެއީ ސިއްހަތާ ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަރަށް ވުރެ، ވައިގައި ހިރަފުސް އަށް ގުނަ އިތުރު އަދަދެކެވެ.

މެޓުން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް މާލޭގެ ވައި ނުސާފުވުން އެއް މިންގަނޑެއްގައި ހިފަހައްޓާނެއެވެ. އަދި މާލެ ސަރަހައްދުން ދުރު ފެންނާނީ ތިން ކިލޯމީޓަރަށް ކަމަށްވެއެވެ.

އައްޑުއާއި ފުވައްމުލަކު ފިޔަވައި ދެކުނުގެ އެހެން ހިސާބުތަކުގައި ވައި ނުސާފުކަމަށް ވެސް މެޓުން ހާމަކޮށްފައިވެއެވެ.

ވައި ނުސާފުވަމުންދާތީ ނާޒުކު ހާލަތުއިވާ ފަރާތްތައް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި، ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި، ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ވައި ނުސާފުވާން އަނެއްކާވެސް ފަށާފައި މިަނީ މިދިޔަ ހަފްތާގައި ވައި ސާފުވާން ފަށާފައިވަނިކޮށެވެ. މެޓުން މީގެ ކުރިން ބުނެފައިވަނީ އެކި ދުވަސްތަކުގައި އިންޓެސިވިޓީ ދަށްވި ނަމަވެސް އިރުވައި މޫސުން ފެށި، އިރުއުތުރުން ވައި ޖެހޭކަމުގައި ވަނީނަމަ އިންޑިއާ ބައްރުގެ މަތިން އަންނަ ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަހައްދަށް އަންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved