March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައްޖޭގެ ވައި ތަޣައްޔަރުވުން: 24 ގަޑި އިރު ތެރޭ 4 ސިނގިރޭޓު ބުއިމާއި އެއްވަރު

Faina Faiz
ފައިނާ ފާއިޒް
Dec 13, 2025, 11:45 PM
މާލެ ސިޓީ

ރައްޖޭގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އޮރެންޖު ސަމާލު ނެރެފައިވާއިރު މިކަމުގެ ސަބަބުން 24 ގަޑި އިރު ތެރޭ 4 ސިނގިރޭޓު ބުއިމާއި އެއްވަރުވާކަން ހާމަވެއްޖެއެވެ.

Advertisement

މާލޭގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭ.ކިއު.އައި) މިހާރު ހުރީ ގާތްގަނޑަކަށް 138 ގައިއެވެ. ވައިގެ ކޮލިޓީ އެންމެ ރަނގަޅު މިންގަނޑަކީ 0-50 އާ ދޭތެރެއެވެ. އަދި ދެވަނައަށް އެންމެ ރަނގަޅީ 50-100 އާ ދޭތެރޭގައި ހުންނަ ނަމައެވެ.

އިންޑިއާއިން ރާއްޖެއަށް ވައިގެ މަގުން އަންނަ ހިރަފުސްގަނޑު އިރުވައި މޫސުމާއެކު ވަނީ ރާއްޖެއަށް ދަތުރުކޮށްފައިއެވެ. މިވަގުތު އިންޑިއާގައި އޭ.ކިއު.އައި ހުރީ 162 ގައި އެވެ. ޕާޓިކަލް މެޓާރ ނުވަތަ ޕީ.އެމް ހުރީ 2.5 ގައިއެވެ.

ޕީ.އެމް އަކީ ވައިގެ ތެރޭގައި އޮޔާދާ ކުދިކުދި ޕާރޓިކަލްތަކެވެ. ޕީ.އެމް 2.5 ގެ މާނައަކީ 2.5 މައިކްރޯމީޓަރު ނުވަތަ އެއަށްވުރެ ކުދި ޕާރޓިކަލްއެވެ. މިއީ އިންސާނާގެ އިސްތަށްޓަކަށް ވުރެ ގާތްގަނޑަކަށް 30 ގުނަ ކުދި ޕާރޓިކަލްތަކެކެވެ. ޕާޓިކަލްތަކުގެ ކުދި ކަމުން ފުއްޕާމޭގެ ފުންމިނަށް ނޭވާލާއިރު ލޭގެ ތެރެއަށް ވެސް ވަނުން އެކަށީގެންވެއެވެ. އަދި މި މިންގަނޑަށް ވައި ނުސާފުވުމުން ހަށިގަނޑަށް އަދި ފުއްޕާމެޔަށް ކުރާ އަސަރު ބޮޑެވެ.

ވައި ނުސާފުވުމުގެ ސަބަބުން ހަމައެކަނި ފޮތި މާސްކު ނުވަތަ ޑިސްޕޯސަބަލް މާސްކުން މި ކުދި ހިރަފުހަކުން ސަލާމަތެއް ނުވެވޭނެއެވެ. މިކަމަށް ބޭނުންވާނީ އިންޑަސްޓްރިއަލް ލެވެލް މާސްކެވެ.

މިފަދަ ސީރިއަސް ހަށިގަނޑަށް ނުރައްކާތެރި މައްސަލައެއް ކުރިމަތިވެފައިވާއިރުވެސް ރާއްޖޭގެ ސިއްޙީ ވުޒާރާއިން މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved