March 16, 2026
Advertisement
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ

ކޮންމެހެން ކުރަން ޖެހޭ ކަނޑު ދަތުރެއް ނޫނީ ނުކުރަން އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 13, 2025, 09:16 PM
މާލެ ސިޓީ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ސަަހައްދުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

Advertisement

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު މޫސުމީ ލަފާއަށް ރިއާޔަތްކުރަމުން ފުލުހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރު ގަދަވެ، ކަނޑުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved