March 17, 2026
Advertisement
....
.... / ސޯޝަލް މީޑިއާ

މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެމްބަރުކަމަށް ހޮވުނު 4 ބޭފުޅުންނާ މެމްބަރުކަން ހަވާލުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 14, 2025, 01:45 AM

މީޑިއާތައް ކޮންޓްރޯލްކުރުމަށް އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިޚާބުވި ހަތަރު ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަން ދީފިއެވެ.

Advertisement

އައު ގާނޫނުގެ ދަށުން އެ ކޮމިޝަނުގައި ހަތް މެންބަރުން އައްޔަނުކުރާއިރު، ހަތަރު މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.

އިންތިޚާބަކާ ނުލައި، މީޑިއާ ކޮމިޝަނަށް ހޮވުނީ، އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ ސިމާހާ ނަސީމްއާއި އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފްގެ އިތުރަށް އަބްދުލް އަޒީޒް އިބްރާހީމް، ށ.ފޭދޫ/ މޫނިމާގެއެވެ.

އޭގެތެރެއިން އަބްދުލް އަޒީޒްއާއި ޒަމްއަތު އިންތިޚާބުވީ ބްރޯޑްކާސްޓަރުންގެ މަގާމަށް ކަމަށްވާއިރު، ސިމާހާއާއި ސަގީފް އިންތިޚާބުވީ މީޑިއާތައް ތަމްސީލުކުރާ މެމްބަރު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ބޭފުޅުން މިއަދު މީޑިއާ ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ ބާކީ ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved