

ބަންކަރިން ހިދުމަތް ދޭން ފެށިތާ އަހަރެއް ތެރޭ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 192 މިލިއަން ރުފިޔާ ނުވަތަ 12 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންކަރިންގ ޚިދުމަތަކީ މި ސަރުކާރުން ގައުމުގެ އިގްތިސާދު ރަނގަޅުކުރުމުގެ ބޭނުމުގައި ފެށި މެގަ ޕްރޮޖެކްޓަކަށް ވާއިރު މި ޕްރޮޖެކްޓުން ލިބޭނެ ކަމަށް ލަފާކުރި އަދަދާއި ކައިރިވާވަރަށްވެސް އާމްދަނީ ލިބިފައިނުވެއެވެ.
މީގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ބަންކަރިންގެ ހިދުމަތަކީ އެތައް ބިިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަޑާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް މަދުވެގެން އަހަރަކު 400 މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެއް އަހަރެއްހާ ދުވަސް ތެރޭ ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީން ޓެކުހުގެ ގޮތުގައި 17 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެ ހިދުމަތް ފެށިފަހުން މިހާތަނަށް ބަންކަރިން ހިދުމަތުން އާމްދަނީގެ ގޮތުގައި 192 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުން ދައްކާ ކަމަށެވެ.
މީގެ ތެރެއިން %83އަކީ ލޯ ސަލްފާ ފިޔުލްކަން ފާހަގަ ކުރަން. މިއީ ރާއްޖެއަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން
ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަމުން އަންނައިރު ސަރުކާރުން ޖަހާ ހިސާބުތަކާއި އެއްވަރަށް ނަތީޖާ ނުނެރެވޭކަން އަންނަނީ ހާމަވަމުންނެވެ.