theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ރިޕޯޓު
ސައީދެވެ. ފިނިމެންމާ ބަގީޗާއަކުން އޮރެންޖެއް ނުލިބޭނެއެވެ!
Yana Shareef
ޔާނާ ޝަރީފް
12 ފެބްރުއަރީ 2026

ކުރިއަށް އޮތީ ރޯދަމަހެކެވެ. ރޯދަމަހަށް ތަރުކާރީއާއި މޭވާ ހެޔޮ އަގުގައި ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭނެކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އުފެދޭ ސުވާލަކީ ކޮންއިރަކުންތޯއެވެ.

އޮރެންޖެއް ގަންނަން ކުރިން ދުވަހު ފިހާރައަކަށް ވަންތަނުން ދިޔައީ ސިއްސައިގެންނެވެ. އޮރެންޖު ހުރި ގޮތަކުންނެއް ނޫނެވެ. އޮރެންޖު އަޅާފައިހުރި ފޮށިގަނޑުގައި ޖަހާފައި ހުރި އަގު ފެނިފައެވެ. އާދެ އެ ފޮށިގަނޑުގައި 12ރ އަށް އޮރެންޖެއް ޖަހާފައި ހުއްޓެވެ.

އެ މަންޒަރު ފެނިފައި ހަނދާންވީ މީގެ މަސްދުވަސް ކުރިން އޮރެންޖުގެ އަގު އުފުލިގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރުމުން އެސްޓީއޯ މެދުވެރިކޮށް އަގު ހެޔޮ ކުރިތަނެވެ.

ނަމަވެސް މިއަދު އެކަން ނުކުރައްވާ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތުމުން ދައްކާނެ ވާހަކަ ނެތިގެން ރައްޔިތުންނަށް ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބޭ ކިޔާފަފައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދެއްކެވުމުން ގާތަށް އައީ ހިންޏެވެ.

ޕީއެންސީ އިން އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ސައީދު ދެއްކެވި ވާހަކަ ފެށީ ރާއްޖޭގެ ބަނދަރު ތަކާ ހިސާބުންނެވެ. އަމިއްލަ ފަރާތްތަކުން މަދު މަދުން ބަނދަރު ތަކެއް އޮޕަރޭޓު ކުރި ނަމަވެސް، ގިނަ ބަނދަރު ތަކެއް އޮޕަރޭޓު ކުރަނީ ސަރުކާރުން ކަމަށް ސައީދު ވިދާޅުވެ އެވެ. ވިޔަފާރި ވެރިން ބޭނުން ވަނީ އައްޑޫ އަށް ފަސޭހަ އިން މުދާ ގެންނަން ކަމަށާއި، ވިއްސާރަޔަސް، ކަނޑު ގަދަޔަސް އެކަން ކުރަން ވިޔަފާރިވެރިން ބޭނުންވާ ކަމަށާއި، އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވެ އެވެ.

އެކަމުގައި ފައިދާ ބޮޑީ ޕްރައިވެޓް ސެކްޓާ އިން ވިޔަފާރި ބަނދަރުތައް ހިންގުންތޯ، ނުވަތަ ސަރުކާރުން އެކަން ކުރުންތޯ ބައްލަވައި، އެކަމުގެ "ޑިބޭޓް" އަކަށް ދާން ބޭނުން ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އަގު ހެޔޮކޮށް މުދާ ގެންނަން ވިޔަފާރިވެރިން ބޭނުންވާ ވާހަކަ އާއި، އަގު ހެޔޮ މުދާ ރައްޔިތުން ބޭނުންވާ ވާހަކަ ސައީދު ދެއްކެވިއިރު މިއަދު ރައްޔިތުން ކަރަންޓު ބިލު ބޮޑުވާ ވާހަކަ އާއި، ފެން ބިލު ބޮޑުވާ ވާހަކަ ދައްކަމުން އަންނަނީ، ކޮން ބައެއް އެ ޚިދުމަތް ދޭތީތޯއެވެ. އެ ޚިދުމަތް ދެނީ ސަރުކާާރުގެ ކުންފުނި ތަކަކުން ނޫންތޯއެވެ. ސައީދުމެން ދައްކާ ވާހަކަ ކޮންމެ ވެސް ވަރަކަށް ދެކޮޅު ޖެހެން ޖެހޭނެ ނޫން ހެއްޔެވެ؟

ބަނދަރުން ސައީދު ފެއްޓެވި ވާހަކަ އާއި، ބަނދަރު ހިންގުމުގެ ވާހަކަ ގޮސް ނިމުނީ، މޭވާ އާއި ތަރުކާރީގެ ވާހަކަ އިންނެވެ. ދެން ސައީދު ދެއްކެވީ ހަނޑުލާއި، ހަކުރާއި ފުށް، އަދި ރައްޔިތުންނަށް ބޭނުންވާ 10 ބާވަތުގެ މޭވާ އާއި، 10 ބާވަތުގެ ތަރުކާރީ އަދި އިތުރު ތިން ބާވަތެއްގެ ކާނާ ހިމަނައިގެން ޕެކޭޖު ފުޅާ ކުރުމުގެ ވާހަކައެވެ. ކޮންމެ މުސޫމެއްގައި ވިޔަސް، ރައްޔިތުންނަށް އެ ތަކެތި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށް ބުނިއިރު އޮރެންޖުގެ އަގު އަދިވެސް ތިރިނުކުރެވިގެން އުޅެނީ ކީއްވެތޯއެވެ.

ތަރުކާރީއޭ މޭވާއޭ ކިޔައިގެން ސަރުކާރަށް ދެއްކޭނެ ވާހަކައެއް ނެތެވެ. ނުވެސް އޮންނާނެއެވ. ބުނާހާ ފަސޭހައިން ރައްޔިތުންނަށް އެތަކެތި ލިބޭނަމަ އާން ދެން ކޮންމެވެސް ވަރަކަށް ދައްކާ ވާހަކަ ގަބޫލުކުރާނެއެެވެ.

ސައީދު ޑޮލަރު އަގު ތިރިކުރި ގޮތަށް އޮރެންޖުގެ އަގުވެސް ތިރިކުރިކުރީނުހެން 12ރ - 15ރ އަށް އޮރެންޖު ލިބޭތީ ރައްޔިތުން ތިބެނީ ވަރަށްވެސް އުފަލުންނެވެ. މިއީ އަޅުގަނޑު ބުނާއެއްޗެއް ނޫނެވެ. މިއީ ހަމަ ބާރަށު މައިކު ޝުޖާއުމެން ޕީޖީ ލީޑަރު ވަޑި ފަލާހުމެން ކިޔާ ވާހަކަތަކެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved