March 16, 2026
Advertisement
-
- / އެމްޓީސީސީ

އީއައިއޭ އެޕްރޫވް ނުކުރަނީސް، އަވަސް އަރުވާލައިގެން ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް ފަށަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 14, 2025, 08:42 PM
މާލެ ސިޓީ

އެންވަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެޕްރޫވް ނުކުރަނީސް، ކޮމަންޑޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަވަސް އަރުވާލައިގެން ފަށަން ތައްޔާރުވެއްޖެއެވެ.

Advertisement

ސަރުކާރުން މިފަދަ ކަމެއް އަވަސް އަރުވާލައިގެން ކުރަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށްކަމަށް ވެއެވެ. އެގޮތުން މިއަދު ހަވީރު 5:15 ގައި ރައީސް މުހައްމަދު މުއިއްޒު އެ ރަަށަށް ވަޑައިގެން ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން މި އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަން ހަވާލުވެފައިވާއިރު، މި އެއާޕޯޓު އަޅަން ނިންމާ މި މަސައްކަތް ފަށަނީ، އެއާޕޯޓު އެޅުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް ފަހު އީއައިއޭ އެޕްރޫވްކުރަން އެންވަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަށް ހުށަހެޅި ނަމަވެސް އީއާރްއޭ އިން އީއައިއޭ އެޕްރޫވް ނުކުރަނީސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމަންޑޫގައި އެއާޕޯޓު އެޅުމަކީ ރިޔާސީ ވައުދަކަށް ވެފައި އެ ވައުދު ނުފުއްދާ އެރަށަށް އަރައިފި ނަމަ ރައްޔިތުންގެ ނުުރހުން އަމާޒުވާނެތީ ރައީސް މުއިއްޒުގެ އަމުރަށް މި އެއާޕޯޓުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރަނީ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved