
އިންތިހާބުތަކާ ދިމާކޮށް ވަޒީފާތައް ބެހުމުގައި އެންމެ ނަން މަޝްހޫރު ޕީއެންއެސީގެ ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށްވެސް ވަޒީފާތައް ބަހަން ފަށައިފިއެވެ.
އެގޮތުން އެންމެ ކޮރަޕްޓު ސަރުކާރުގެ ގޮތުގައި ރާއްޖޭގެ ތާރީޚުގައި އޮތް ޕީއެންސީ ސަރުކާރުން މިހާރު ވަނި ރޯދް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑިސީ) އަށް 150 ވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާންކޮށްފައެވެ.
6 ރަށެއްގެ ސައިޓުތަކުގެ އެކި މަގާމުތަކަށް ބޭނުންވާ ޖުމްލަ 174 މުވައްޒަފުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފައިވެއެވެ.
އެއީ: ހއ. އުލިގަން - 50 މުވައްޒަފުން
ނ. މިލަދޫ - 32 މުވައްޒަފުން
އއ. ރަސްދޫ - 42 މުވައްޒަފުން
ޅ. ހިންނަވަރު - 1 މުވައްޒަފު
ޅ. ނައިފަރު - 12 މުވައްޒަފުން
ކ. ކާށިދޫ - 24 މުވައްޒަފުން
ތ. މަޑިފުށި - 13 މުވައްޒަފުން
ވަޒީފާއަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި މެނޭޖަރުންނާއި ސުޕަވައިޒަރުންނާއި ސަޕޯޓް ސްޓާފުންނާއި ޑްރައިވަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންގެ އިތުރުން ސެކިއުރިޓީ ގާޑުން ހިމެނެއެވެ.
އިންތިހާބަކާ ދިމާކޮށް މިފަދަ ކަމެއް ހިނގާއިރު މިއީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ސާފުކޮށް ބަޔާންކޮސް ގާނޫނުގައި އޮތްއިރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހިލަމެއް މިކަމުގައި ވެސް ނެތެވެ.










