March 16, 2026
Advertisement
..
.. / އިސްލާމިކް މިނިސްޓްރީ

އިމާމުންނާއި ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި

Yana Shareef
ޔާނާ ޝަރީފް
Oct 16, 2025, 07:27 PM

އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފުވުއްމުލައް ސިޓީގައި ފަށައިފި އެވެ.

Advertisement

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނީ ފުވައްމުލަކުގައި ކުރިއަށްދާ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމްގައި ޖުމްލަ 42 ފަރާތެއް ބައިވެރިވެފައިވާކަމަށެވެ.

މިނިސްޓްރީން ކުރިއަށްގެންދާ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ އިމާމުންނާއި ޚަތީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން، ގްރޭޑް 10،11،12 ގައި ތައުލީމު ހާސިލްކުރަމުންދާ، ނުވަތަ ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ރީތިކޮށް ޤުރްއާން ކިޔަވައި، ނަމާދުގެ ފިޤްހުގެ ބައިތަކަށް އަހުލުވެރި ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޤުރްއާނާއި، ތަޖުވީދުގެ އިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ އިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިންމު އިލްމީ ކަންކަން އުނގަންނައިދޭނެ އެވެ. އަދި މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމްގެ ތެރެއިން އިމާމުންގެ ޝަހްސިއްޔަތު ބިނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުތުބާ ކިޔުމަށް ޝައުގުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަގްސަދެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved