theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒުއާއި އޭނާގެ ބޮޓުން އަހުދަށް ވަފާތެރި ނުވުން! / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒުއާއި އޭނާގެ ބޮޓުން އަހުދަށް ވަފާތެރި ނުވުން!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
19 އޮކްޓޯބަރު 2025
މާލެ ސިޓީ

ވައުދާ ހުވާކޮށް ވެރިކަމަށް އައުމަށްފަހު ކުރިން ވީ ވައުދުތައް ހަނދާން ނެތުމަކީ ބައެއް ސިޔާސީންގެ އާދަ އެކެވެ. މިއާދަ ދިވެހި ސިޔާސީ ސަގާފަތުގައި ފަޑުވުމަށް ފަހު އަލުން ފާޅުމިވީ ފާއިތުވި ހަތް އަހަރު ތެރޭގައި އެވެ.

އަމިއްލަ ހުވެފަނުން ވެސް ނުދެކޭ ކަންކަމުގައި ކުލަ ޖެހުމުން މީހާއަށް މީހާ އޮޅެނީ އެވެ. ވެރިކަން ހޯދުމަށް ވިއްކި ސަހްސިއްޔަތުތަކާއި އެބޭފުޅުންގެ ލެގަސީ ދިރުވާނެ ކަމަށް ވައުދުވުމުން ރައްޔިތުން ތާއީދު ކުރީ އެވެ. ނަމަވެސް ވެރިކަން ލިބުމުން އިހު ލީޑަރުންގެ ފަޔަށް ކޮޅުފައިއިން އަރާ އެ ލީޑަރުންނާއި އެ ބޭފުޅުންގެ ސަޕޯޓަރުންނަށް ހަރާން ކޯރު ވަނީ އެވެ.

އެފަދަ އެއް ވެރިކަމަކީ ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. އުކުޅަސް ބަގާވާތައްފަހު ސޯލިހު ވެރިކަމަށް އައީ ނަޝީދުގެ ޝަހްސިއްޔަތު ވިއްކައިގެން ނެވެ. ނަމަވެސް ވެރިކަން ނިމުނީ ނަޝީދުގެ ޝަހްސިއްޔަތު ފޮހެލުމަށް ގޮއްވާލި ބޮމުގެ ހަގީގަތް ނޭނގި އޮއްވަ އެވެ. އެ ހިތާމަވެރި ހާދިސާ އިން ނަޝީދުއަށް އިންސާފު ނުލިބި އެވެ. ވެރިކަން ލިބުމުން ކުރިން އެކުގައި ހޭދަ ކުރި ދުވަސްތަކާއި ވީ ވައުދުތައް ހަދާން ނެތުނީ އެވެ.

ގައުމެއްގައި ވެރިކަން ކޮށްލަން ލިބުމަކީ ހަމަ އެހާ ސުންބާ ބަޔެއް ޖެހޭ ކަމެއް ހެއްޔެވެ. ހަސަދައާއި ބަދަލު ހިފުމުގެ ރޫހު ވެރިންގެ ހިތުގައި ކެކި މި އަރަނީ ކީއްވެ ހެއްޔެވެ. ދައުލަތުން ވައްކަން ކުރުމާއި ރައްޔިތުންނަށް ހިޔާނާތް ތެރިވުމާއި އަހުދަށް ވަފާތެރި މި ނުވެވެނީ ފަހެ ކީއްވެ ހެއްޔެވެ.

 މިފަދަ ސުވާލުތައް ގިނަ މި ކުރެވެނީ ސޯލިހްގެ ވެރިކަމުގެ "އަނިޔާ" އިން ގައުމާއި ރައްޔިތުން ސަލާމަތްކޮށް ދެއްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ވެރިކަން ފެށިގެން ކުރިއަށް ދާ ގޮތުން ނެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސޯލިހުގެ ސަރުކާރުން ރައީސް ޔާމީންއަށް ދެމުންދިޔަ އަނިޔާއިން އެމަނިކުފާނު ސަލާމަތް ކޮށްދެއްވާނެ ކަމަށް މުޅި ރާއްޖޭގައި ވައުދު ވަމުން ނެވެ. ޑރ. މުއިއްޒުގެ މުޅި ކެމްޕެއިން ބިނާ ކުރެއްވީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށާއި އެމަނިކުފާނުގެ މައްޗަށް ސޯލިހު ސަރުކާރުން ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނަމުން ނެވެ.

ނަމަވެސް ވެރިންކަން ލިބުމުން ސޯލިހު ސަރުކާރުން ނަޝީދު އަށް ކަންކުރެއްވި ގޮތަށްވުރެ ވެސް ދެރަވަރުކޮށް މިއަދު ރައީސް ޔާމީނާމެދު މުއިއްޒު ސަރުކާރުން ކަންކުރައްވާ ގޮތުގެ ރެކޮޑް ހެހުރީ ފެންނާށެވެ.

އެންމެ މިސާލެކެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންގޮސް، މައްސަލައިގެ އެ ބައި ކުރިއަށް ނުގެންދަން ރައީސް މުއިއްޒުގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ނިންމެވި ނިންމެވުމެވެ. ނަމަވެސް ހަމަ މި މައްސަލާގައި ދައުވާކޮށްފައިވާ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ރައީސް މުއިއްޒުގެ ސަރުކާރުން އަލުން ބަލުން ފެށީ އެވެ.

ރިޒާގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. އެ ދައުވާތައް މުރާޖާކުރަން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ނިންމީ ދެން ރިޒާގެ މައްސަލަ ހުށަހަޅައިގެން ދައުވާ ކުރިއަށް ގެންދަން ލަސްވާނެތީ އެ ދައުވާތައް އަނބުރާ ގެންދިއުމަށެވެ.
ނަމަވެސް މައްސަލައިގައި ހިމެނޭ އެއް ފަރާތުގެ ދައުވާތައް މުރާޖާކުރާ ހާލަތުގައި އޭގެ އެންމެ އިންސާފުވެރި ގޮތަކީ ދެން ހުރި ފަރާތުގެ ދައުވާތައް ވެސް އަނބުރާ ގެންދިއުން ކަމަށް މުއިއްޒު އަކަށް އަދި އޭނާގެ ޕީޖީއަކަށް ވިސްނިވަޑައެއް ނުގަތެވެ. ސީދާ މިސްރާބު ހިފީ ސެލެކްޓިވް ޖަސްޓިސް އަށެވެ.

ނަތީޖާ އަކީ މުއިއްޒު ވެރިކަމުގައި އަދުލުވެރިކަން ގެއްލި ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތައް މުރާޖާނުކޮށް ބާއްވާ ދައުލަތުން ރައީސް ޔާމީނާ މެދު ތަފާތުކުރުން ގެންގުޅުމާއި ބޭއިންސާފުވަމުން ދިއުމެވެ.

ދީނީ ކާޑު ކުޅުއްވާ މުއިއްޒުގެ ނިތްކުރިން ނަމާދު ކުރާ ނިޝާން ފެންނަ ކަމަށް ބޮޓުން ބުނި ނަމަވެސް ސޯލިހު ފަދައިން މުއިއްޒުގެ ޓާގެޓަކަށް ވެސް ވެފައި އޮތީ ބޭއިންސާފާއި ސިޔާސީ ދައުވާތަކުން ރައީސް ޔާމީން "ފްރޭމް" ކުރުމެވެ. މިއަދުގެ އަދުލުގެ އަދި އިންސާފުގެ ތިލަފަތް ބުނެދޭ ހަގީގަތަކީ މި އެވެ.

މުއިއްޒުގެ ފުށުން މިއަދު ފެންނަނީ އޭނާގެ ކުރިން ވެސް ގަބޫލުކުރެއްވި "ސިއްރު" ހަގީގަތަށް އިއުތިރާފުވާތަނެވެ. އޭ މުއިއްޒުއެވެ! މާތް ﷲ ނަސްރު ދެއްވަނީ މަކަރުވެރިކަމުން ދުރުވެ އަދުލުވެރިކަން ގާއިމުކުރުމަށް އަހަރެމެން ރައްކާތެރިވާ މިންވަރުގެ ސަބަބުންނެވެ. އެއީ މުއިއްޒުއާއި މަނިކުފާނުގެ ސަރުކާރުގެ ބޮޓުން ދައްކާ ހޮޅި ވާހަކަ ތަކުގެ މައްޗަށް ފައިސަލާ ވެގެންވާ ކަމެއް ނޫނެވެ.

ރައްޔިތުން މިއަދު މުޒާހަރާ ކޮށް އަޑު އުފުލަނީ މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުގެ އަދުލުގެ ދަރުބާރުން ރައްޔިތުންގެ ހައްގުތައް ގެއްލިއްޖެ ކަމަށް ދެކިގެނެވެ. ބޮޑެތި އަނިޔާ ވެގެން ވެސް މުޒާހަރާތަކަށް މީހުން ނިކުންނަނީ "މަޖަލަކަށް ނޫން" ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved