March 23, 2026
Advertisement
އަލީ ޝާހު
އަލީ ޝާހު / ތޭރަ އޮންލައިން

ޒުވާނުންނަށް ތަފާތު ކުރިއެރުންތައް ހޯދައި ދޭނަން: ޝާހު

Fathmath Reem
ފާތުމަތު ރީމް
Mar 1, 2024, 05:12 AM
މާލެ ސިޓީ

ޒުވާނުންނަށް ތަފާތު ކުރިއެރުންތައް ހޯދަ ދޭނެ ކަމަށް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ވިލިގިލީ ދާއިރާގެ ގޮޑިއަށް ވާދަކުރައްވާ އުސްތާޒު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

Advertisement

ޝާހު މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިހާބަށް ޕީއެންއެފްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ ތަކުގެ ތެރެއިން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ ޒުވާނުންނަކީ ސިޔާސީ މައިދާނުގައި ބަސްވިކޭ ބަސްބުނާ ބަޔަކަށް ހަދާދޭނެ ކަމަށާއި އަދި ހަަމައެހެންމެ ޒުވާނުންނަށް ތަފާތު ދާއިރާތަކުން ކުރިއެރުން ހޯދާ ދޭނެ ކަމަށެވެ.

އަޅުގަނޑު މި މަގާމަށް އާދެވިއްޖެ ކަމުގައި ވާނަމަ ޒުވާނުންނަށް ތަފާތު ކުރިއެރުންތައް އަޅުގަނޑު ހޯދް ދޭނަން، ޒުވާނުންނަކީ ސިޔާސީ މައިދާނުގައި ބަސްވިކޭ ބަސްބުނާ ބަޔަކަށް އަޅުގަނޑު ހަދާދޭނަން.

އުސްތާޒް އަލީ ޝާހު

މީގެ އިތުރުން ޒުވާނުންނާ ސަރުކާރާ ދޭތެރޭ އޮންނަ ފަރުދާ ކަޝްފުކޮށް ފޫއަޅުވާލާފައި ޒުވާނުންނަށް ސީދާ ގޮތެއްގައި ޕާޓީ ތަކުގެ ވެރިންނާ ހަމައަށް ހާއްސަކޮށް ޕީއެންއެފްގެ ވެރިންނާ ހަމައަށް އައިސް މަސައްކަތް ކުރުމުގެ ޖާގަ ތަނަވަސް ކޮށްދޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved