theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަލީހު / ސޯޝަލް މީޑިއާ
ސިޔާސީ
ގައުމުގެ ހާލަތު މަލީހުގެ ގަލަމުން، ކުރުކޮށް!
Mariyam Isaadha
މަރިޔަމް އިސާދާ
19 އޮކްޓޯބަރު 2025
މާލެ ސިޓީ

ގައުމު މިހާރު އޮތް ދެރަވަރު ހާލަތު، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ގަލަމުން ހާމަކޮށްދެއްވައިފިއެވެ.

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމު މިއަދު އޮޔާ ވަޔާ ދާން ސަރުކާރުން ދޫކޮށްލާ ރައީސް މުހައްމަދު މުއިއްޒުގެ އެކަނި ޕްރޮމޯޝަނަށް އެކަނި ފޯކަސް ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މަލީހު ވަނީ، އެސްޓީއޯއިން ވެސް ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެ އާންމު ރައްޔިތު މިހާގެ ވިޔަފާރިއަށް ހުރަސް އަޅާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

އޭގެ އިތުރުން މޯލްޑިވްސް އެއާޕޯޓް ކުންފުނިން ވެސް މެންޑޭޓުން ބޭރުން މަސައްކަތްތަކާ ޕްރޮޖެކްޓުތައް ހިންގާ ޖިމް ފަދަ ތަންތަން ހުޅުވަމުންދާ ދިއުމަށްވެސް މަލިހު ވަނީ ފާޑުވިދާޅުވެފައެވެ. ހަމައެހެންމެ ވެެމްކޯއިން ރިސޯޓް ވިޔަފާރިއަށް ވަދެފައިވާ ކަމަށް ވިދާޅުވެ މަލީހު ވަނީ ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ވިޔަފާރިއަށް ވަދެ އެކަން ވެސް ޚަރާބު ކުރަން ފުގަޅާފައިވާތީ ފާޑުވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ކަމަކީ އޭޓީއެމް ހުޅުވުން ކަމަށާ ސިމެންތި ސަންދޯކާ ހައިމާކް އަކާއި ކޮޅުވެއްޓިއެއް ރައީސް މުއިއްޒު ފަހާ ދުވަނީ ކަމަށް ވިދާޅުވެ މަލީހު ވަނީ އެސްޓީއޯއިން ކައްކާ ގޭސް ސްޓޮކް ހުސްވެއްޖެ ކަން ވެސް ފާހަގަކުރައްވާފައެވެ.

މަލީހު ވަނީ ގައުމުގެ ކަންކަން މިދަރަޖައަށް ދިއުމުން ރައްޔިތުން ހޭލަން ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވައުދާ، މަޖިލިސް އިންތިހާބުގައި ރައްޔިތުންނާ ވީ ވައުދުތައް ނުުފުއްދަވާ ހުންނަވާ ކައުންސިލް އިންތިހާބާ ދިމާކޮށް އަނެއްކާވެސް ރަށް ރަށަށް ވަޑައިގެން ކަޑަ ޖަހަން ފައްޓަވާފައިކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނަމުންދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved