May 19, 2026
Advertisement
ކަނޑުތައް ގަދަވެ، ވިއްސާރަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
ކަނޑުތައް ގަދަވެ، ވިއްސާރަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

ކަނޑުތައް ގަދަވެ، ވިއްސާރަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

May 16, 2026, 03:36 PM
މާލެ ސިޓީ

ކަނޑުތައް ގަދަވެ، ވިއްސާރަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މެޓުގެ  މޫސުމީ ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ދުވަސްވަރަކަށް ވުމާއެކު، ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރާ ގޮތްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. އިއްޔެއާ ޚިލާފަށް ވިލާގަނޑުގައި ވައި ހިފަހައްޓާ މިންވަރު ތަފާތުވެދާނެ ކަމަށާއި، ބައެއް ވަގުތުތަކުގައި ވައިގެ މިންވަރު ކުއްލިއަކަށް ބަދަލުވުން އެކަށީގެންވެއެވެ.

ކަނޑުތައް ގަދަވެ، ވިއްސާރަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވުން ފަދަ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved