theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
މީޑިއާތައް ކޮންޓްރޯލް ކުރަން އުފެއްދި ކޮމިޝަނަށް ފަރުޝަތު، ސަފާ އަދި ސަރާހަތު އައްޔަނުކުރަން ކޮމެޓީން ރުހުން ދީފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
20 އޮކްޓޯބަރު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ ނޫސްވެރިންނާއި، މީޑިއާތަކާއި އަދި ދިވެހި ރައްޔިތުންނާއި ދެކޮޅަށް މި ސަރުކާރުން ފާސްކޮށް ރައީސް މުއިއްޒު ތަސްދީޤުކުރެއްވި މިނިވަން މީޑިއާތައް ކޮންޓްރޯލް ބިލާއި ގުޅިގެން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިގޮތުން ރުހުން ދީފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު ފަރުޝަތަށެވެ.

ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު އިންޓަވިއު މަރުހަލާގެ ކުރިން ނަން އަނބުރާ ގެންދެވިއެވެ. އަދި ބާކީ ތިބި އަށް ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޓީން ވަނީ މާކްސް ދީފައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ކޮމިޓީން ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވޭނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ ބޭފުޅުންގެ ނަންތަކެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކެންޑިޑޭޓުންގެ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި މާކްސް ދިނުމަށްފަހު، 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ މި ތިން ބޭފުޅުންނަށެވެ. މި މައްސަލައިގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފައެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާނީ ތިން މެންބަރުންނެވެ. މިހާރު ވަނީ އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން ހަތަރު މެންބަރުން އިންތިޚާބުވެފައެވެ. މަޖިލީހުން އައްޔަންކުރާ މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ.

މި ސަރުކާރުން ފާސްކުރި މި ބިލާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުންނާއި އެކި ޖަމިއްޔާތަކުންވެސް ވަނީ މިފަދައިން މިނިވަން ނޫސްވެރިކަމަށް ހުރަސްނޭޅުމަށް ރައީސް މުއިއްޒަށް ގޮވާލާފައެވެ. މި ބިލުގެ ސަބަބުން ގިނަ މީޑިއާތަކާއި އާންމުން މީގެ ޝިކާރައަށް މިހާރު އަންނަނީ ވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved