theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ހަބަރު
މަޖިލީހުގެ މައިކު ހަލާކުކޮށްލުމުން 3 މެމްބަރެއްގެ އަތުން ބަދަލު ނަގަނީ!
20 އޮކްޓޯބަރު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މައިކެއް ހަލާކުކޮށްލުމުން 3 މެމްބަރެއްގެ އަތުން ބަދަލު ނަގަން ނިންމައިފިއެވެ.

އެގޮތުން މީޑިއާ ކޮންޓްރޯލް ގާނޫނުގެ ބިލު ފާސްކުރި ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެ ތަނުގެ މައިކަކަށް ގެއްލުން ދިން މައްސަލައިގައި، މަޖިލީހުގެ ތިން މެންބަރެއްގެ އަތުން އޭގެ އަގު ނެގުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީން ނިންމާފައިވަނީ ހޯމަ ދުވަހުއެވެ.

މައްސަލަ  މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް އެޖެންޑާކޮށް މަޝްވަރާކުރިއެވެ.

މަޝްވަރާތަކުގައި ވަނީ، މައިކު ހަލާކުކޮށްލުމުން ލިބުނު ގެއްލުން ފޫބައްދަން ހިނގި ހަރަދު މަޖިލީހުގެ އިދާރާއިން ސާފުކުރުމަށް ފަހު، އެ އަގު ނެގުމަށް ހުށަހަޅާފައެވެ. މިގޮތަށް ހުށަހެޅީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒްއެވެ. ޝަމީޒްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގުއެވެ.

އޭރު މައިކް ކައިރީގައި ތިއްބެވި ތިން މެންބަރުންގެ އަތުން އަގު ނެގުމަށް ނިންމާފައިވެއެވެ.

މައިކު ހަލާކުވެގެން ދިޔަ ގޮތަށް ބަލާއިރު، މިދިޔަ މަހު 15 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮންކުރެއްވުމަށް ފަހު ވާހަކަ ދައްކަވަން ފެއްޓެވި އެވެ.

އެއާއެކު ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދަމައިގަންނަން ފެއްޓެވުމުން ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި އިމްރާނަށް ދަމައިނުގަނެވޭތޯ މަސައްކަތް ކުރެއްވިއެވެ

މި ކަންތައްތަކުގެ ތެރޭގައި މެމްބަރު އިމްރާނު މައިކަށް ބާރުލާފައި ދަމައިގަތުމުން މައިކު ބުޑުން ލުހެގެން ގޮސްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved