ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ޚުދުމުހުތާރު ވެރިކަމެއް ހިންގުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑު ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު، ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވީ ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ވިދާޅުވީ، މި ސަރުކާރުން މަޖިލީހުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާއިރު ރާއްޖޭގައި ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށެވެ. މިއަދު ގައުމުގައި އޮތް ނިޒާމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށް ވިދާޅުވެ އަލީ ވިދާޅުވި ރާއްޖޭގައި އަދުލު އިންސާފުގެ ނިޒާމެއް ނެތީ ވެސް ސަރުކާރުތަކުން މަޖިލީހުގެ އިތުރުން އެހެނިހެން ބާރު ތަކުގެ ނަހަމަ ބޭނުން ކުރާތީ ކަމަށެވެ.
އަލީ ވަނީ ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބުމާއެކު އެންމެ ފުރަތަމަ ވެސް ސުޕްރީމް ކޯޓު ފުނޑާލާ މުޅި ޖުޑީޝީއަރީ މުށުތެރެއަށް ލާފައިވާ ކަމަށެވެ. މިއަދު ކޯޓުތަކުގެ ފަނޑިޔާރުން ތިބީ ސަރުކާރު ދެކެ ބިރުން ކަމަށާ އެ ފަނޑިޔާރުން މިއަދު ސަރުކާރާ ދެކޮޅަށް ހުކުމެއް ކުރަން ވެސް އަމުރެއް ވެސް ނެރެން ވެސް ޖެހިލުންވާ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
އަލީ އިތުރަށް ވިދާޅުވީ، ޚުދުމުހުތާރު ވެރިކަމެއް ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މަޖިލީހުގެ ދައުރު ބޮޑު ކަމަށެވެ.
އަލީ ވަނީ މި ސަރުކާރަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނަ ސަރުކާރެެއްގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ.