April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މަޖިލީހުގެ މިހާރުގެ މެޖޯރިޓީއަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާ ޖާހިލުންތަކެއް: ޑރ. އަހުމަދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 11, 2026, 02:56 AM
މާލެ ސިޓީ

ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާ ޖާހިލުންގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ސިފަކުރައްވައިފިއެވެ.

Advertisement

ޑރ އަހުމަދު މިފަދައިން ސިފަކުރައްވާފައިވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ. އަހުމަދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީގެ ކަންކަން ހުރި ގޮތުން އެއީ ޤާނޫނުއަސާސީއާއި ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާ ބައެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީން މެންބަރުންނާ މަތިކޮށްފައިވާ އަސާސީ މަސްއޫލިއްޔަތުތަކަށް ފުރަގަސްދީ، ޒާތީ މަޞްލަޙަތުތަކެއް ޙިމާޔަތްކުރުމަށްޓަކައި އިރުއިރުކޮޅާ ޤާނޫނުއަސާސީއާ ކުޅެމުންދާކަން އެމަނިކުފާނުގެ ފާހަގަކުރެއްވިއެވެ.

އިރުއިރުކޮޅާ ޤާނޫނުއަސާސީއާ ކުޅޭނީ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކަށް ބީރައްޓެހި ޖާހިލުންތަކެއްކަން ޔަޤީން ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. އަޙްމަދު ވަނީ، މެންބަރުން ހުވައިކޮށްގެން ތިބީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށް ކަމަށްވާއިރު، މެންބަރުން އިސްތިޤުރާރުވެފައިވާ ދުސްތޫރީ އަދި ބަރްލަމާނީ އުޞޫލުތަކާ ޚިލާފަށް ހެނދުނާއި ހަވީރު ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ޤާނޫނުއަސާސީ ނެގެހެއްޓުންތޯ ސުވާލު އުފައްދަވާފައެވެ.

އޭގެއިތުރުން ޑރ. އަޙްމަދު ވިދާޅުވީ، ދީމިޤުރާޠީ މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ޙާލަތްތަކުގައި، ރައްޔިތުންގެ ޤާނޫނުއަސާސީ ޙިމާޔަތް ކުރެވޭނީ ހަމަ ރައްޔިތުންނަށް ކަމަށެވެ.

ޑރ އަހުމަދުގެ މިފަދަ ބަސްފުޅުތަކެއް ހިއްސާ ކުރައްވާފައިވާ މިވަނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެންނަމުންދާ ބައެއް އިޞްލާޙުތަކާ ގުޅިގެން ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ކަމެއް ބޭނުންވާ ގޮތަކަށް ހިންގަން ސަރުކާރު މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މަޖިލީހުން ގާނޫނުތަކަށް އިސްލާހު ގެނުވަމުން ސަރުކާރުން ގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved