March 13, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ހިޔާގައި ދިރިއުޅޭ ރައްޔިތުން ފެނަށްޖެހިފަ, މަތީނު ގަދަ ނިދީގައި!

Yana Shareef
ޔާނާ ޝަރީފް
Oct 21, 2025, 09:55 AM

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ފެނުގެ ހިދުމަތް ކަނޑާލިތާ 4 ގަޑިއިރަށްވުރެ ގިނަ އިރުވެއްޖެއެވެ.

Advertisement

ފެނުގެ ހިދުމަތް ކަނޑާލާނެކަމަށް ބުނެ އެމްޑަބްލިއުއެސްސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާ ފްލެޓްތަކުގެ މީޓާރ ރޫމްގައި މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި 20 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ ރޭ މެންދަމު 00:00 އިން ފެށިގެން 02:00 އާ ހަަމައަށް ހިޔާ އެކަކުން ފެށިގެން 16 ގެ ހުރިހާ ފަންގިފިލާއިން ފެނުގެ ހިދުމަތް ކަނޑާލާނެކަމަށެވެ.

ހިޔާ ޓަވަރުތަކުން ފެން ކަނޑާލުމަށްފަހު ދޭއް ޖަހާއިރަށް ފެން ލިބޭނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުނި ނަމަވެސް މިހާރު ވަނީ ހަތަރު ގަޑިއިރަށްވުރެ ގިނަ އިރުވެފައެވެ.

ހިޔާގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި ތިބި އިރު އެމްްޑަބްލިޔުއެސްސީ އިން ފޯނަށް ޖަވާބުވެސް ދީފައިނުވެއެވެ.

ކުރިން ފެން ކަނޑާލުމުގެ ކުރިން ފްލެޓްގެ ވެރިންގެ ފޯނަށް އެސްއެމްއެސް އަކުން ފެން ކަނޑާނެ ވާހަކަ އަންގައެވެ. ނަމަވެސް މިފަހަރު އެފަދައިން އަންގާފައިވެސް ނުވާތީ ފެން ކެނޑޭނެކަމެއް ގިނަ ބަޔަކަށް އެނގިފައި ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved