June 9, 2026
Advertisement
ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ފަހުމީ، އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް!
ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ފަހުމީ، އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް! / ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ފަހުމީ، އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 14, 2026, 01:21 PM
މާލެ ސިޓީ

ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަންގެ އެމްޑީކަމުން ވަކިކުރި ހުސެއިން ފަހުމީ، މޯލްޑީވްސް ވޯޓާރ އެންޑް ސްވަރޭޖު ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފިއެވެ.

Advertisement

ފަހުމީ އެމަގާމަށް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ހާމަކޮށްފައެވެ.

  ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ އެ މަގާމުން ވަކިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަހުމީ އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް ކަމަށްވާ "ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ"ގެ މަގާމަށެވެ.

ފަހުމީ ސްޓެލްކޯއިން ވަކިކުރި ކުންފުނީގެ ޚިދުމަތުގެ ފެންވަރާ މެދު ގިނަ ރައްޔިތުންތަކެއް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved