March 13, 2026
Advertisement
..
.. / ސީއެންއެމް

އެމްޑަބްލިއުއެސްސީ ޝެޑިއުލް މެއިންޓެނެންސްގައި, ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ބަޔަކަށް ފެން ލިބޭނެ އިރެއްވެސް ނޭނގޭ!

Yana Shareef
ޔާނާ ޝަރީފް
Oct 21, 2025, 08:16 AM

މާލެ ވޯޓާރ އެންޑް ސެވެރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މެއިންޓެނެންސް މަސައްކަތެއް ކުރުމަށްކަމަށް ބުނެ ހުޅުމާލެ ދެވެނަ ފިޔަވަހިން ފެނުގެ ހިދުމަތް ކަނޑާލިތާ ތިން ގަޑިއިރުވެއްޖެއެވެ.

Advertisement

ފެނުގެ ހިދުމަތް ކަނޑާލާނެކަމަށް ބުނެ އެމްޑަބްލިއުއެސްސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާ ފްލެޓްތަކުގެ މީޓާރ ރޫމްގައި މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި 20 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ ރޭ މެންދަމު 00:00 އިން ފެށިގެން 02:00 އާ ހަަމައަށް ހިޔާ އެކަކުން ފެށިގެން 16 ގެ ހުރިހާ ފަންގިފިލާއިން ފެނުގެ ހިދުމަތް ކަނޑާލާނެކަމަށެވެ.

ހިޔާ ޓަވަރުތަކުން ފެން ކަނޑާލުމަށްފަހު ދޭއް ޖަހާއިރަށް ފެން ލިބޭނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުނި ނަމަވެސް 3 ޖަހާ ބޮޑުވިއިރުވެސް ފެނުގެ ހިދުމަތް ލިބިފައި ނުވެއެވެ.

ކުރިން ފެން ކަނޑާލުމުގެ ކުރިން ފްލެޓްގެ ވެރިންގެ ފޯނަށް އެސްއެމްއެސް އަކުން ފެން ކަނޑާނެ ވާހަކަ އަންގައެވެ. ނަމަވެސް މިފަހަރު އެފަދައިން އަންގާފައިވެސް ނުވާތީ ފެން ކެނޑޭނެކަމެއް ގިނަ ބަޔަކަށް އެނގިފައި ނެތެވެ.

ފެން ނުލިބޭތާ ގިނަ އިރުވުމުން ގިނަ ބަޔަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved