March 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެސްބީއައި އިން ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ޓީޗަރުންގެ ކަންބޮޑުވުން މިިނިސްޓްރީއަށް ހުށަހަޅައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 21, 2025, 06:22 PM
މާލެ ސިޓީ

ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސްކޫލުތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފަށައިފި އެވެ.

Advertisement

އެސްބީއައި މެދުވެރިކޮށް މީގެ ކުރިން 700 ޑޮލަރު އިންޑިއާއަށް ފޮނުވެ އެވެ. އަދި ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެފަހުން 400 ޑޮލަރަށް ދަށްކުރި އެވެ. ނަމަވެސް، ޑޮލަރު ލިބުން ދަތިވާ ކަމަށް ބުނެ އެސްބީއައި އިން ދާދިފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ކަނޑައަޅާފައިވާ ރޭޓް ދަށްކުރުމުން ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ މީހުން މަސައްކަތްކުރާ ސްކޫލްތަކަށް ސިޓީ ފޮނުވައިފަ އެވެ. އަދި އެ ސްކޫލުތަކުން ވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނީ ރެމިޓަންސް ރޭޓް ދަށްކުރުމުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންގެ ތެރެއިން ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ހައިކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން ދާދިފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފްކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ހޯދުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ގިނައީ އިންޑިއާ ޓީޗަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved