March 16, 2026
Advertisement
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ / އެޑިޝަން.އެމްވީ

އައްޑޫ ވޯޓަށް އަށް ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 21, 2025, 09:40 PM

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރަން އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ޚަރަދުވާނީ ގާތްގަނޑަކަށް އަށް ލައްކަ ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Advertisement

އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ މެދުގައި ނެގޭ މިވޯޓުގައި 9،576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މިވޯޓުލުމަށް މާލެއާއި އައްޑޫގައި 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އެއީ ހުޅުދޫ އަދި މީދޫގައި ކޮންމެ އަވަށަކު ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ހަތް ފޮއްޓެވެ.އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓަށް ކުރަންޖެހޭ ޖުމުލަ ޚަރަދު އިނގޭނީ އިންތިޚާބު ނިމުމުން ކަމަށެވެ.

ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި ހަތް ލައްކައާއި އަށް ލައްކައާ ދެމެދުގެ ފައިސާ ޚަރަދު ކުރެވިގެންދާނެ ކަމަށް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ސަރުކާރުުން އައްޑޫ ދެބައި ކުރަން އުޅެނި މިލިޓަރީ ބޭސެއް ހެދުމަށް ކަމަށް ބުނެ އަޑުތަކެއް ވެސް އަންނަނީ ފެތުރެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved