March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް 60 ދުވަހަށް ސަސްޕެންޑްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 23, 2025, 07:07 PM
މާލެ ސިޓީ

ކްރިމިނަލް ކޯޓުގެ ޤާޒީ ހުސައިން ފާއިޒް ރަޝާދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދެ މައްސަލައެއްގައި އޭނާ އިއްޔެ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފިއެވެ.

Advertisement

މިއީ ފަނޑިޔާރެއް ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތުކަމުގައި ވާއިރު، މައްސަލަ ބެލި ނިމެންދެން ފާއިޒް މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އޭނާގެ ފަރާތުން ނިންމާފައިވާ ބަންދުގެ ދެ މައްސަލައަކާ ގުޅިގެންނެވެ.

ޤާޒީ ފާއިޒް ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.

މި ދެ މައްސަލާގައި ވެސް ޤާޒީ ފާއިޒްގެ ނިންމެވުންތަކާ މެދު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ފާއިޒްއަކީ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް 2019 ވަނަ އަހަރު ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް 2021 ވަނަ އަހަރު ސަސްޕެންޑްކުރެވިފަ އެވެ.

އެފަހަރު ސަސްޕެންޑްކުރީ ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް، އެ މައްސަލައިގެ ތަހުގީގަށް ފަހު، އޯޑިއޯތައް ސައްހަ ނޫން ކަމަށް ޖޭއެސްސީން ނިންމާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved