theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކްރިމިނަލް ކޯޓް / ސޯޝަލް މީޑިއާ
ހަބަރު
ކްރިމިނަލް ކޯޓުގެ ޤާޒީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރުމަގެ މައްސަލަ ކޮމިޓީއަށް
Faina Faiz
ފައިނާ ފާއިޒް
01 ޑިސެމްބަރު 2025
މާލެ ސިޓީ

ކްރިމިނަލް ކޯޓުގެ ޤާޒީ ހުސެއިން ފާއިޒް ރަޝާދުފަނޑިޔާރުކަމުން ވަކިކުރުމަގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ހުށަހެޅުމަށް ނިންމާފައި ވަނީ، މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ފާއިޒް ޢަމަލުކޮށްފައިވާކަން، ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީ އެ މައްސަލައިގައި ފާއިޒް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ.

މި މައްސަލަ މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިއެވެ.

މި މައްސަލައިގައި ޤާޒީ ފާއިޒް ވަނީ މީގެ ކުރިން 60 ދުވަހަށް ސަސްޕެންޑު ކުރެވިފައިއެވެ.

ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.

ފާއިޒްއަކީ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް 2019 ވަނަ އަހަރު ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް 2021 ވަނަ އަހަރު ސަސްޕެންޑްކުރެވިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved