March 17, 2026
Advertisement
-
- / ތޭރަ އޮންލައިން

ފުލުފުލުގައި ޕީއެންއެފްގެ ފޯރިގަދަ ޖަލްސާތަކެއް، މިރޭވެސް 20:45 ގައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 23, 2025, 10:43 PM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފްއިން) ބާއްވަމުން ގެންދާ އެ ޕާޓީގެ ޓައުން ހޯލް ޖަލްސާ މިރޭ 08:45 ގައި އޮންނާނެ ކަމަށް ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފްއިން އަންނަނީ ފުލުފުލުގައި ފޯރިގަދަ ޖަލްސާތަކެއް ބާއްވަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކާއި، ގައުމުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާ ޚިޔާލު ފާޅުކުރުމަށް ބާއްވާ މި ޖަލްސާ އޮންނާނީ ހ.ދޫވެހީގައި ހުންނަ އެ ޕާޓީގެ އޮފީހުގައި ކަމަށް އެ ޕާޓީގެ ސެކްރަޓަރީ ޖެނެރަލް ބުނެފައި ވެއެވެ.

މިރޭގެ ޖަލްސާގައިވެސް އެހެން ޖަލްސާތަކެކޭ އެއްފަދައިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ބިނާކުރަނިވި ފިކުރަށް ތާއީދުކުރާ އަދި އަދުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ބޭނުންފުޅުވާ ރައްޔިތުން ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވެއެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި އަންނަނީ ސަރުކާރުގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަނާއި ނުރަނގަޅު ސިޔާސަތުތަކަށް އަލިއަޅުވާލާ މިފަދަ މައްސަލަތަކުގެ ހަގީގަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެމުންކަން ފާހަގަކުރެވެއެވެ.

މި ޖަލްސާތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved