March 16, 2026
Advertisement
-
- / ސަން އޮންލައިން

އައްޑޫ ރިފަރެންޑަމްގައި ވޯޓުލާން ނުކުތް މީހުން ނިސްބަތުން މަދު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 25, 2025, 04:51 PM
މާލެ ސިޓީ

އައްޑޫ މީދޫ އާއި ހުޅުދޫ އަދި ފޭދޫގައި ވަކި ކައުންސިލްތައް އުފެއްދުމާ މެދު މިއަދު ބާއްވާ އާންމުންގެ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Advertisement

އައްޑޫގެ އެ ތިން ރަށުގެ މީހުންގެ މެދުގައި ބާއްވާ އިންތިހާބުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8 ޖަހާއިރުގައެވެ. ނަމަވެސް ވޯޓުލާން ނުކުތް މީހުން މަދުވެ ވޯޓުލުމުގެ މަރުހަލާ ފެށުނީ 10 ވަރަކަށް މިނެޓް ފަހުން ކަމަށްވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ހެނދުނު 10:00 އާ ހަމައަށް ތިން ރަށުން ވޯޓުލާފައި ވަނީ 695 މީހެކެވެ. އެއީ 284 އަންހެނުންނާއި 411 ފިރިހެނުންނެވެ. އެ ކޮމިޝަނުން ގޮތުގައި އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 7.26 ޕަސެންޓް މީހުންނެވެ.

މި ވޯޓުގައި ތިން ރަށުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 9،576 މީހަކަށެވެ. އެއީ 4،684 އަންހެނުންނާއި 4،892 ފިރިހެނުންނެވެ. އެ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4 އާ ހަމައަށް ގެންދާނެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ އެ ރިފަރެންޑަމްގައި ވޯޓު ގުނައި ނިމޭތާ 30 މިނެޓު ފަހުން އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އީސީން ބުނެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved