theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ހަބަރު
އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ދީމާ އާއި އަޒްކާ ކުއާޓާއަށް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
25 އޮކްޓޯބަރު 2025
މާލެ ސިޓީ

ބަހްރެއިންގެ މަނަމާގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއާއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.

ރާއްޖޭގެ ޕެއާއިން ކުއާޓާ ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ ތިން ވަނަ ހޯދައިގެންނެވެ. މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މި ގްރޫޕްގައި ދީމާ އާއި އަޒްކާ ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕެއާއިން ހަތް ޕޮއިންޓް ހޯދި އިރު ގްރޫޕްގެ ހަތަރު ވަނައަށް ދިޔަ މޮންގޯލިއާ އާއި ފަސް ވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެހެންނަމަވެސް ރާއްޖެ އެ ދެ ޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.

ގްރޫޕް ބީގައި އެއްވަނަ ތައިލެންޑް ހޯދި އިރު، ދެވަނަ ހޯދީ އިންޑޮނޭޝިއާއެވެ. ގްރޫޕްގެ އެންމެ ފަހަތުގައި އޮތީ ބަހްރެއިނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved