March 16, 2026
Advertisement
ޕެނަމާގައި ބާއްވާ ފާރސްޓު ގުލޯބަލް ޗެލެންޖްގައި ބައިވެރިވާ ފޯލޫޕްގެ ޓީމް
ޕެނަމާގައި ބާއްވާ ފާރސްޓު ގުލޯބަލް ޗެލެންޖްގައި ބައިވެރިވާ ފޯލޫޕްގެ ޓީމް / ތޭރަ އޮންލައިން

ދުނިޔޭގެ 190 ޤައުމާ ވާދަކޮށް ދިވެހި ދަރިވަރުން ޕެނަމާގެ ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 26, 2025, 03:43 AM
މާލެ ސިޓީ

ފޯލޫޕް ކޯޑިންގ އެކަޑަމީގެ ޒުވާން ދަރިވަރުން ގެ ތެރެއިން ޓީމެއް، މިއަހަރުގެ ފަސްޓް ގްލޯބަލް ޗެލެންޖްގައި ދިވެހިރާއްޖެ ތަމްސީލުކުރާނެއެވެ. މިއީ ޕެނަމާ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެކެވެ. މި އިވެންޓުގައި 190 ޤައުމުން، ޓީމުތައް ބައިވެރިވާނެއެވެ.

Advertisement

"ޓީމް މޯލްޑިވްސް - ފަސްޓް ގްލޯބަލް ޗެލެންޖް 2025" ގެ ނަމުގައި، ފޯލޫޕް ކޯޑިންގ އެކަޑަމީގެ 5 ދަރިވަރުންނާއި އެއް މެންޓާރ ބައިވެރިވާނެއެވެ.

ފޯލޫޕް ކޯޑިންގ އެކަޑަމީއަކީ ދިވެހިރާއްޖޭގައި ސްޓެމް ތަޢުލީމުގެ ދާއިރާގައި އިސްދައުރެއް އަދާކުރާ މަރުކަޒެކެވެ. މިއީ ދިވެހިރާއްޖޭގައި ހަމައެކަނި ސްޓެމް.އޯގް އެކްރެޑިޓެޑް™ އެޑިއުކޭޝަނަލް އެކްސްޕީރިއަންސް ލިބިފައިވާ އަދި ދުނިޔޭގެ ފެންވަރުގައި "ސްޓެމްގެ އެންމެ ރަނގަޅު" ބްރޭންޑްތަކުގެ ތެރެއިން މަތީ 5 އިންސައްތައިގެ ތެރޭގައިވެސް ސްޓެމް.އޯގް އިން ހިމަނާފައިވާ މަރުކަޒެކެވެ.

ފޯލޫޕް ކޯޑިންގ އެކަޑަމީއަކީ އިންޓަރނޭޝަނަލް ސްކޫލްތަކުގައިވެސް ފުޅަދާއިރާއެއްގައި ކޯޑިންނާއި ރޮބަޓިކްސް އިންޖިނިއަރިން ކިޔަވަދެމުން އަންނަބައެކެވެ.

ޕެނަމާގައި ބާއްވާ "ފަސްޓް ގޮލޯބަލް ރޮބަޓިކްސް ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ވިމެން އިން ޓެކް މޯލްޑިވްސްގެ އެހީތެރިކަމާއެކުއެވެ. ވިމެން އިން ޓެކް އަކީ ފަސްޓް ގޮލޯބަލްގެ ދިވެހިރާއްޖޭގެ ޕާރޓްނަރެވެ.

މިއީ ހަމައެކަނި ރޮބަޓިކްސް މުބާރާތެއްނޫން ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރާއި، އީޖާދުކުރުންތެރިކަމާއި، ޓެކްނޮލޮޖީއަށް ކުރާ ލޯބި ދުނިޔޭގެ މަސްރަޙުގައި ދެއްކުމުގެ ލިބޭ ރަގަޅު ފުރުސަތެއް، ފަސްޓްގޮލޯބަލް ޗެލެންޖްގެ ރައްޖޭގެ ޕާރޓްނަރ ވިމެން އިން ޓެކް މޯލްޑިވްސްއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން، ރާއްޖެ ޖޯގްރަފީ ގޮތުން ކުޑަނަމަވެސް އަހަރެމެންގެ ޒުވާނުންގެ ވިސްނުމާ އުފެއްދުންތެރިކަން ވަރަށްފުޅާ، މިކަހަލަ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިންކަމަށްޓަކައި އުފާކުރަން.

ފޯލޫޕް ކޯޑިން އެކަޑަމީގެ ކޯފައުންޑަރ އިސްމާޢީލް ރިޔާޒް

ފޯލޫޕްކޯޑިން އެކަޑަމީން މާލޭގެ ބައެއް ސްކޫލްތަކުގަޔާ އެކަޑަމީގައިވެސް ސްކޫލް ދަރިވަރުންނަށް ހުޅުވާލައިގެން ޕްރޮގުރާމްތަށް ކުރިޔަށް ގެންދެއެވެ. ޕްރޮގްރާމްތަކުގެ ތެރޭގައި ކޯޑިންގ، ރޮބޮޓިކްސް އިންޖިނިއަރިންގ، ޑިޖިޓާލް އާޓް އަދި ޑިޖިޓަލް އައު އުފެއްދުންތަކަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގުރާމްތަށް ކުރިޔަށްގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved