theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޑެއިލީ ނިއުސް
ދުނިޔެ
ނިއުކްލިއަރ ގޮތުން އެންމެ ބާރުގަދަ ކަމަށް ދައުވާކުރާ އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ޗައިނާއިން ދުނިޔެ ސިއްސުވާލައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
26 އޮކްޓޯބަރު 2025
މާލެ ސިޓީ

ދުނިޔޭގެ ކޮންމެ ހިސާބަކުން އެއްފަހަރާ އެއްހާސް މިސައިލް ފޮނުވާލި ކަމުގައި ވިޔަސް އެ ހުރިހާ މިސައިލެއް އެއްފަހަރާ ޓްރެކް ކުރެވޭ ވަރުގެ “ފުރަތަމަ ގްލޯބަލް މިސައިލް ޝީލްޑް” ޗައިނާއިން އުފައްދައި ނިއުކްލިއަރ ގޮތުން އެންމެ ބާރުގަދަ ކަމަށް ދައުވާކުރާ އެމެރިކާ އެމެރިކާ ފަހަތަށް ޖައްސާލައިފިއެވެ.

މި ސިސްޓަމަކީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ދުނިޔޭގެ ކޮންމެ ބައްރަކުން މިސައިލެއް ފޮނުވައިލިޔަސް ދެނެގަނެވޭނެ ނިޒާމެއް ކަމަށް ޗައިނާއިން ބުނެއެވެ.

އެމެރިކާއިން މި ޕްރޮޖެކްޓްގެ “ބްލޫޕްރިންޓް” މަރުޙަލާގައި އަދިވެސް އޮތް އިރު ބެއިޖިންގ އިން މިހާރު ވަނީ މި ސިސްޓަމް ޓެސްޓު ކުރުމަށްފަހު އެ ޤައުމުގެ ސިފައިންނާއި ޙަވާލުކޮށްފައެވެ.

ޗައިނާގެ ސައިންސްވެރިން ބުނާ ގޮތުގައި ޖައްވާއި ކަނޑާއި ބިމުގެ ކޮންމެ ހިސާބަކުން މިސައިލެއް ފޮނުވައިލިޔަސް އެ މިސައިލެއް ފޮނުވާލާ ވަގުތު (ވަގުތުންވަގުތަށް) އެ މިސައިލް ފޮނުވާލާ ތަނާއި އޭގެ ބާރުމިން ވެސް ޗައިނާއިން ޤާއިމް ކުރި ސިސްޓަމުން ދެނެގަނެ އަދި އެ މިސައިލް ޓްރެކް ވެސް ކުރެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ “ގޯލްޑަން ޑޯމް” މިސައިލް ޝީލްޑް މަޝްރޫޢުގެ އެއްވެސް އަޕްޑޭޓެއް ޓްރަމްޕް މިފަހުން ހިއްސާކޮށްފައި ނުވެއެވެ. ޓްރަމްޕަކީ އާންމުގޮތެއްގައި ބައިނަލްއަގްވާމީ މީޑިއާތަކުގައި މޮޅެތި ހެޑްލައިން ހަދަމުން އަންނަ ފަރާތަކަށްވާއިރު ޗައިނާގެ މި ކުރިއެރުމާއި ގުޅޭގޮތުން އަދި އެމެރިކާގެ ޕްރޮޖެކްޓްގެ ޚަބަރެއްވެސް އެ ގައުމުން ދީފައިނުވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved