theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އީސީ ޖަވާބުދާރީ ކުރުވަން ޕީއެންއެފްގެ ޓީމެއް ކޮމިޝަނަށް! / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ސިޔާސީ
އީސީ ޖަވާބުދާރީ ކުރުވަން ޕީއެންއެފްގެ ޓީމެއް ކޮމިޝަނަށް!
26 އޮކްޓޯބަރު 2025
މާލެ ސިޓީ

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވަން، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން އަވަސް މުސްތަގުބަލެއްގައި ކޮމިޝަނަށް ދާނެ ކަމަށް ޕާޓީގެ ބާނީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގަައި އެރޭގެ މައުޟޫ، "ސިޠާސީ ޕާޓީތައް" އަށް އިންސާފުކޮށްދެއްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އިލެކްޝަން ކޮމިޝަން އިން ސިޔާސީ ޕާޓީތަކަށް ވައްދާ މީހުންގެ ސައްހަ މައުލޫމާތު ބަލާ ކަށަވަރު ނުކުރާ ކަމަށާ އޭގެ ސަބަބުން ބުރަ މަސައްކަތްކޮށްގެން މެމްބަރުން އިތުރުކުރާ ޕާޓީތަކަށްވާ ގެއްލުން ބޮޑު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީއެންސީ ފަދަ ޕާޓީތަކުން ޑީއެންއާރުން ވައްކަންކޮށް މެމްބަރުން އިތުރުކުރިކަން ސީދާ އީސީއަށް އެނގޭއިރު އެކށީގެންވާ ފިޔަވަޅު އަޅާފައިނުވާ ވުމުން، އިލެކްޝަން ކޮމިޝަނާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރެވޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީތަކަށް ވައްދާ މީހުންގެ އަދަދަށް ވާ ގޮތް އީސީއިން ސާފުކޮށްދޭން ޖެހޭނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ، އެ ފަދަ ކަންކަމުގައި އީސީ ޖަވާބުދާރީ ކުރުވަން ކުރިއަށް އޮތް ހަފްތާގައި ޕީއެންއެފްގެ ޓީމަކުން ކޮމިޝަނަށް ދާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރުން ސިޔާސީ ޕާޓީތަކަށް އެއްބާރުލުން ދޭ ތަނެއް ނުފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved