ވެރިކަން ފެށޭތާ އެންމެ ފުރަތަމަ ހަފްތާ އެ ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި އައްޑޫގެ ހުޅުދޫ މީދޫ ބުރިޖުގެ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ދެވަނަ ބަޔަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރިން ވަނީ 19 ފެބްރުއަރީ 2024 ވަނަ އަހަރު ދަ ޢަރަބް ކޮންޓްރެކްޓާސް އާއި ހަވާލުކޮށްފައިއެވެ. އަދި އެންމެ ގިނަ ވެގެން ހަތަރު އަހަރު ތެރޭ ބްރިޖުގެ އަމަލީ މަސައްކަތް ނިމިގެން ދާނެ ކަމަށްވެސް ރައިސް މުއިއްޒު ވަނީ ވިދާޅުވެފައިއެވެ.
The signing ceremony for the consultancy services of the proposed Hithadhoo-Hulhudhoo-Meedhoo Link Bridge Project was held today. The agreement was signed by the Minister of Construction, Housing and Infrastructure, Dr. Abdulla Muththalib, and the President of T.Y. Lin… pic.twitter.com/vPs53pKFsQ
— Ministry of Construction, Housing & Infrastructure (@MoCImv) October 26, 2025
ނަމަވެސް 26 އޮކްޓޯބަރު 2025 ގައި މިނިސްޓްރީއިން މިވަނީ ކުރީގެ އެއްބަސްވުމަށް ވަކި ބަދަލެއް އައިކަމަން ހާމަނުކޮށް މަޝްރޫއުގެ ސަރވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑ، (ޓީވައިލިން) އާއެކު ސޮއިކޮށްފައެވެ.
މި ކޮންޓްރެކްޓުގެ އަގަކީ 1،025،000 (އެއް މިލިއަން ފަންސަވީސް ހާސް) އެމެރިކާ ޑޮލަރު، ނުވަތަ ދިވެހި ރުފިޔާއިން ނަމަ 15،805،500 (ފަނަރަ މިލިއަން އަށްލައްކަ ފަސް ހާސް ފައްސަތޭކަ)އެވެ. މިދިޔަ އަހަރުގެ ބަޖެޓުން މި ޕްރޮޖެކްޓަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތްކަމުގައި ވީނަމަވެސް އެ ފައިސާ އިން ކުރިކަމެއް ސަރުކާރުން ހާމަކޮށްފައިއެއްނުވެއެވެ.