May 3, 2026
Advertisement
ރިޔާސީ އިންތިހާބުގައި ހަމައެކަނި ފޯނު ކޯލަކުން ނިންމާލި މުބީނަށް އަނެއްކާވެސް މަގާމެއް!
ރިޔާސީ އިންތިހާބުގައި ހަމައެކަނި ފޯނު ކޯލަކުން ނިންމާލި މުބީނަށް އަނެއްކާވެސް މަގާމެއް! / ސޯޝަލް މީޑިއާ

ރިޔާސީ އިންތިހާބުގައި ހަމައެކަނި ފޯނު ކޯލަކުން ނިންމާލި މުބީނަށް އަނެއްކާވެސް މަގާމެއް!

May 3, 2026, 05:37 PM

ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ޕްރޮމޯޓު ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކޮށް ހަމައެކަނި ފޯނުކޯލެއް ކޮށްލު އަހުމަދު މުބީނަށް އަނެއްކާވެސް ސަރުކާރުން މަގާމެއް ދީފިއެވެ.

Advertisement

ކުރިން އާރުސީއެލްގެ އެމްޑީއަކަށް ހުއްޓާ ޕާފޯމަންސް ދަށްވެ މަގާމުން އިސްތިއުފާދޭން އަންގައިގެން އިސްތިއުފަދިނުމުން ރައީސް މުއިއްޒު އެ ކުންފުނި އުވާލާ އެމްއޭސީއެލްގެ ދަށަށް އެ ކުންފުނީގެ މަސްއޫލިއްޔަތު ގެނައެވެ.

އޭގެ ފަހުން މުބީނަށް މަގާމެއް ނުދީ 10 މަސް ދުވަހު ބެހެއްޓުމަށް ފަހު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އެމްޓީޓީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަންކޮށްފައެވެ.

  އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގެ މެނޭޖްމަންޓަށް ގެނެވުނު މި އާ ބަދަލާއެކު، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.


  

މުބީންގެ ކުރިން ޑީއެމްޑީގެ މަގާމުގައި ހުންނެވީ އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފައެވެ.

މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރެއްވި އިރު ސަރުކާރާއި ކުންފުނިތަކުގެ އިސް ވެރިންގެ މަގާމުތަކަށް ބޮޑެތި ބަދަލުތައް ދަނީ ގެންނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved