

ސަރުކާރުގެ ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު އިސްތިއުާ ދެއްވައިފިއެވެ.
އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީ)ގެ އެމްޑީގެ މަގާމުގައި ހުރި އަހުމަދު މުބީންއާ ހުޅުމާލެ ޑިވެލޮމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އެމްޑީގެ މަގާމުގައި ހުރި މައުރޫރު ޖަމީލު ވެސް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
އާރްއޭސީއެލްގެ އެމްޑީކަމުން މުބީން އިސްތިއުފާ ދީފައިވާއިރު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އެމްއޭސީއެލްއާ އާރުސީއެލް އެއްކޮށްލަން ނިންމާފައެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް އާރްއޭސީއެލް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިކަމަށްވެއެވެ.
މީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް ރިޓަޔާވާން ހުށަހަޅާފައި އޮއްވައި، އޭނާ ކުއްލިއަކަށް އިސްތިއުފާ ދިނީ ސަރުކާރުން މަޖުބޫރު ކުރުމުންކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުރޫފަށް އިސްތިއުފާ ދިނުމަށް މަޖުބޫރުކުރީ މުބީންއަށް ވެމްކޯގެ އެމްޑީކަން ދިނުމަށް ފަހު ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ގިނަ މަގާމުތަކަށް ބަދަލުތަކެއް އައުން ގާތެވެ.