March 18, 2026
Advertisement
-
- / ޓައިމްސް އޮފް އިސްރާއީލް

ހަމާސްގެ ލީޑަރުންނަށް ހިމާޔަތެއް ނެތް: ސަހްޔޫނީންގެ ދިފާއީ ވަޒީރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 30, 2025, 02:07 AM
މާލެ ސިޓީ

ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުލިބޭނެ ކަމަށާއި "ސޫޓް ލީ މީހުންނަށް" ވެސް އޮތީ އެ ގޮތް ކަމަށް ސަހްޔޫނީންގެ ދިފާއީ ވަޒީރު ބުނެފިއެވެ.

Advertisement

ޣައްޒާގެ ހަމާސްއިން އެއްބަސްވުމާއި ޚިލާފުވި ކަމަށް ތުހުމަތުކޮށް ސަހްޔޫނީން ވަނީ ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައެވެ.

މި ހަމަލާތަކާއި ގުޅިގެން ޑިފެންސް މިނިސްޓަރު ކާޒް ބުނީ "ޓެރަރިސްޓް ހަމާސް ޖަމާއަތުގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނޯންނާނެ" ކަމަށެވެ.

ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް ކާޒް އިންޒާރު ދެމުން އިތުރަށް ބުނީ "ސަހްޔޫނީ ސިފައިންގެ މީހަކާ ދެކޮޅަށް އުފުލައިފި ކޮންމެ އަތެއް ބުރިކޮށްލާނަން. ހަމާސްގެ އަމާޒުތަކަށް ހަމަލާ ދިނުން ކުރިއަށް ގެންދަން އޮންނަނީ ސިފައިންނަށް އަންގާފައި"

ސަހްޔޫނީން ވަނީ ސުލްހައިގެ މަޝްވަރާގައި ހަމާސްގެ ފަރާތުން ބައިވެރިވާ ލީޑަރުން ގަތަރުގައި މަޝްވަރާކުރަމުން ގެންދަނިކޮށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެތަނަށް ވެސް ހަމަލާ ދީފަ އެވެ.

މި ހަމަލާތަކާއި ގުޅިގެން ޓްރަމްޕްގެ ފާޑުކިޔުން ސަހްޔޫނީންނަށް އަމާޒުވެފައިވީ ނަމަވެސް ޓްރަމްޕާއި ނަތަންޔާހޫގެ ގުޅުން ބަދަހިކަން ނޫސްތަކުން ފެނެއެވެ. މިގޮތުން އެމެރިކާއަކީ ސަހްޔޫނީންގެ އެންމެ ގާތް މިތުރު ކަމަށް ނަތަންޔާހޫ ވަނީ މިފަހުން ބުނެފައެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޓްރަމްޕް އަޑީގައި ހުރެގެން ހެދި މި އެއްބަސްވުމަކީ ނަމެއްގައު ބައިނަލްއަގްވާމީ ގޮތުން ދައްކަން ހެދި އެއްބަސްވުމެކެވެ. ސުލްހައިގެ މި އެއްްބަސްވުމަށްފަހުވެސް ސަހްޔޫނީން އަންނަނީ ހަމަލާތައްދީ އެހީ ފޯރުކޮށްދިނުމަށް އަދިވެސް ހުރަސްއަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved