theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު އާ މިނިސްޓަރު ސައީދު / ސޯޝަލް މީޑިއާ
ސިޔާސީ
ސައީދަކީ ނަނާ ހުވަފެން ދައްކާ ބީރުބޮލު ވަޒީރެއް: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
30 އޮކްޓޯބަރު 2025
މާލެ ސިޓީ

އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދަކީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ނަނާ ހުވަފެން ދައްކާ ބީރުބޮލު ވަޒީރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބަންކަރުން ހިދުމަތް ފެށުމާއެކު ތަނަވަސްވާނެ ވަޒީފާގެ ފުރުސަތުތަކުގެ ވާހަކައާ ގުޅޭ ގޮތުން ސުވާލުކުރުމުން ސައީދުއަށް އެ ސުވާލުގެ ޖަވާބު ނުދެވުމުން އެކަން ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވިދޅާުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބަންކަރިންއޭ ކިޔައިގެން ހެދެމުން ދިޔައީ އަދި ވަމުން ދިޔައީ ދޮގު ވައުދުތަކެއްކަން ޚުދު ސައީދަށް އެނގޭ ކަމަށެވެ.

އެގޮތުން އިގްތިސޯދީ ބޮޑެތި މަޝްރޫއުތަކުގެ ބައިސާ ކެނޑުމަށް ފަހު އެކަންކަމުގެ ހިލަމެއް ނުވާތީ ޑރ ޖަމީލު ވަނީ ސުވާލު އަމާޒުކުރައްވާފައެވެ. އެގޮތުން ވެލާނާ އެއާޕޯޓް މޮނޮރޭލުން ގުޅާލަން ބީޔޫސީޖީއާ ޙަވާލުކުރި ކުރުން ކޮބައިކަމާ މެދުއާ ސީޕްލޭން ޓާމިނަލް ރިލޯކޭޓްކުރުން ކބައިކަމާ މެދު ޑރ ޖަމީލު ވަނީ ސުވާލު އަމާޒުކުރައްވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވައިރު، ބަންކަރިން ހިދުމަތާއެކު ފަށަން ބުނި 14 ހިދުމަތުގެ އަދާހަމަ އާއި ބަންކަރިން ހިދުމަތުގެ ސަބަބުން އުފެދުނު ވަޒީފާތަކުގެ ތަފުސީލު އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ސިޔާސަތު ސަރުކާރުން ކަނޑައެޅުމަށްފަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޓީއޯއާ ކަމަށެވެ.

އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ ފެށި ބަންކަރިންގެ ހިދުމަތުން އިއްޔެއާ ހަމައަށް ލިބުނީ 192،149،939ރ. ގެ އާމްދަނީއެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެއީ ބޭންކު ރޭޓުން ބަލާނަމަ 12.46 މިލިއަން ޑޮލަރެވެ.

އޭގެއިތުރުން އެ މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެ ހިދުމަތުން 17 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެއީ ބޭންކު ރޭޓުން ބަލާނަމަ 1.1 މިލިއަން ޑޮލަރެވެ.

ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ވެރިކަން ހިންގާ ޕީއެންސީގެ ހަރުގޭގައި ޖުލައި 7، 2024، ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ދެއްވައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved