
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އުފަންދުވަހުގެ މުނާސަބަތުގައި، ޕީއެންއެފްގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވަނީ ރައީސް ޔާމީނަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން، ކުރިއަށް އޮތް އަހަރުތަކުގައި އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.
ޑރ. ޖަމީލްގެ ޕޯސްޓުގައި ރައީސް ޔާމީނަކީ ގައުމުގެ ހައްގުގައި ބޮޑެތި ގުރުބާނީތަކެއް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނަކީ ނާއިންސާފާއި، ޖަލު ބަންދުގެ އިތުރުން ގިނަ ބަޔަކު ވަކިފަރާތަކަށް ޖެހިފައިވާ އިންސާފެއްގެ ގޮތުގައި ދެކޭ ކަންކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ލީޑަރެއް ކަމަށާއި، ގައުމުގެ ހައްގުގައި އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުމާއި އާއިލާގެ ބޮޑު ބައެއް ގުރުބާން ކުރައްވާފައިވާ ކަމަށްޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ޒަމާނީ ތަރައްގީ އާއި، އުމްރާނީ ވަސީލަތްތައް ބިނާކުރުމާއި، އިގްތިސާދީ ކުރިއެރުމުގެ ހަގީގީ ރަމްޒެއްގެ ގޮތުގައި ދެމިހުންނެވި ޝަހުސިއްޔަތެއްކަން ވެސް ޑރ. ޖަމީލްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.










