March 25, 2026
Advertisement
-
- / ތޭރަ އޮންލައިން

ޕީއެންއެފްގެ ރައީސަކަށް, ރައީސް ޔާމީން!

Ali Haaji
އަލީ ހާޖީ
Oct 31, 2025, 10:42 AM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފުރަތަމަ ގައުމީ ޖަލްސާ ބާއްވާ، ޕާޓީގެ ރައީސަކަށް އެޕާޓީގެ ބާނީރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށްފިއެވެ.

Advertisement

އޮކްޓޯބަރު 30 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ޕީއެންއެފުން ބޭއްވި ގައުމީ ޖަލްސާގައި އެޕާޓީގެ އެކި މަގާމްތަކަށް ބޭފުޅުން އިންތިހާބުކުރުން ކުރިއަށް ގެންދިޔައެވެ

އެގޮތުން ކޮންގްރެސްގައި ޕާޓީގެ ރައީސްއާ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން ވެސް އިންތިހާބުކޮޮށްފަައިވެއެވެ

ޕީއެންއެފްގެ ނައިބު ރައީސުންނަށް ހަމަޖެއްސީ ޕާޓީގެ ވަގުތީ ރައީސްްގެ މަގާމުގައި ހުންނެވި ޒޭން އަބްދުﷲ ޔާމީން އާއި ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ރައީސާއި ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ އެ އެބޭފުޅުން އެކަނި ކަމަށްވުމުން އޮޓަމެޓިކުން މަގާމުތަކަަށް އިންތިހާބުވީ ވޯޓަކާ ނުލައެވެ.

ޕާޓީގެ އިސް މަގާމުތަކަށް ދެން އިންތިހާބުކުރި ބޭފުޅުންގެ ތެރޭ ހިމެނެނީ, ސެކްރެޓަރީ ޖެނެރަލްއަކަށް މުހައްމަދު މަލީހް ޖަމާލް އަދ ޓްރެޝަރާއަށް އަހުމަދު މުސްތަފާއެވެ. މި ދެބޭފުޅުންވެސް އިންތިހާބުވީ ވޯޓަކާނުލައެވެ.

ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް ދެބޭފުޅަކު ވާދަކޮށްފައިވެއެވެ. އެގޮތުން ނިހާދު މުހައްމަދާ ވާދަކޮށް ރަޖިސްޓްރާގެ މަގާމު ކަށަވަރު ކުރެއްވީ އަލީ ޝިއާން ނާޝިދެވެ.

މީގެ އިތުރުން 14 ސެނެޓަރުން ވެސް ވަނީ އިންތިޚާާބުކޮށްފައެވެ.

49 ކެންޑިޑޭޓުން ވާދަކުރި އެ މަގާމަށް އިންތިޚާބުވީ:

  1. އަލްއުސްތާޛު އާާދަމް އާސިފް
  2. ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު
  3. އަބްދުއް ސަމަދު
  4. ޝަރީފާ ސައީދު
  5. ހަލީމަތު ޒުހެއިރާ
  6. އަލްއުސްތާޛު އަލީ ޝާހު
  7. ނާއިފު ޝައުކަތު
  8. ފާތިމަތު ރަހުމާ
  9. އަބްދުއް ލަތީފު
  10. އަދްލީ އިސްމާއިލް
  11. ޝަހީލު އަދީލު ޖަލީލު
  12. މައިޒަރު އާދަމް
  13. ޑރ. އަބްދުﷲ އިބްރާހިމް
  14. އައިޝަތު ހަފީޒު

މި ސެނެޓުގެ އުމުރަކީ އެއް އަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved