March 16, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކައްޕިއާ އެކީ ފަޅުވެރިންގެ ހިތްވަރު ހުންނަންވާނެ، އޮޑިގަނޑު ވާން ވާނެ އެންމެ ގަދަ ކާށިދޫ ކަނޑުގައި ދުއްވޭނެ އެއްޗަކަށް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 1, 2025, 01:39 AM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ހުންގާނުގައި ހުންނަވާ އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ޕާޓީގެ އެންމެހާ ފަޅުވެރިންގެ އެއްބާރުލުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑއިގެންެފިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލތުގެ މުއައްސަސާތައް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ފެއިލްވުމުން ދެން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން އޮންނާނީ ސިޔާސީ ޕާޓީތައް ކަމަށެވެ.

ޕީއެންއެފުން ފާއިތުވި ދެ އަހަރު ކުރަމުން ދަނީ އެ މަސައްކަތްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ކެޕްޓަންކަމުގައި ޕާޓީ ކުރާ ދަތުރުގައި ފަޅުވެރިންގެ ފަރާތުން އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ އަރިހުގައި ޕާޓީގެ މަސައްކަތުގައި އިސްކޮށް ތިއްބެވީ ވަފާތެރިން ކަމަށާ ޕާޓީގެ ތެރެއަށް ބޭރުން އަންނަ ނުފޫޒުން އެ ވަފާތެރިން ޕާޓީ ހިމާޔަތްކޮށް މަސައްކަތްކުރާނެ ކަމުގެ ފުރިަހަމ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ވާދަވެރިން އެންމެ ބޮޑަށް ކަޅި އަޅަނީ ޕީއެންއެފަށް ކަމަށެވެ. އަދި އެ ޕާޓީއަކީ ފައިސާއަށް ވިކޭނެ ބައެއް ނޫން އެ ޕާޓީތަކަށް އެނގޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޑިމޮކްރެސީއެއްގައި ހުންނަ މުއައްސަސާތަކަށް ބަލާއިރު، އެންމެ ވަރުގަދަ ތަނަކަށް ވަނީ އަދުލުވެރި، މިނިވަން، އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށާ މިއަދުގެ ގައުމުގެ ރައްޔިތުންގެ ބަދުނަސީބަކީ އެފަދަ ފަނޑިޔާރުގެތައް ނެތުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުން އެކަންކަމަށް އަޑު އުފުލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މުޅި ޑިމޮކްރެޓިކު ނިޒާމު ދައިމަތި އަޅާ ފުނޑާލައިފިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދެން ރައްޔިތުންނަށް ތަސައްލީ ގެނެސްދޭނީ ފަޅުތަކާ ގިރިތަކާ އަމިއްލަ ފައިދާއަށް މަސައްކަތް ނުކުރާ މީހުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved